އައްޑޫ ސިޓީ ހިތަދޫ ޕޯޓުގެ މުވައްޒަފުންނަށް ދެ ދުވަހުގެ ހާއްސަ ޓްރެއިނިން ޕްރޮގްރާމެއް ފަށައިފިއެވެ.
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން މިއަދު ބުނީ ހިތަދޫ ޕޯޓު ލިމިޓެޑުގެ މައި އޮފީހުގައި ކުރިޔަށް ގެންދާ ޓްރެއިނިން ޕްރޮގްރާމަކީ މުވައްޒަފުން މޯޓިވޭޓްކުރުމާއި ޕްރޮޑަކްޓިވިޓީ އިތުރުކޮށް މުވައްޒަފުންގެ ކޮންފިޑެންސް ލެވެލް އިތުރުކުރުމުގެ މަގުސަދުގައި ހިންގާ ޕްރޮގްރާމެކެވެ.
މީގެ އިތުރުން ކުންފުނީގެ އޮޕަރޭޝަންސް ތަކުގައި ބޭނުންކުރާ އެކި އުޅަނދުތަކުގެ މައުލޫމާތުގެ އިތުރުން "ޕޯޓް ޓާމްސް" އާ ބެހޭ ގޮތުންވެސް މައުލޫމާތު ދޭނެ ކަމަށް އެމްޕީއެލުން ބުންޏެވެ.
އެމްޕީއެލްގެ ދަށުން މެނޭޖްކުރަމުން އަންނަ އައްޑޫ ސިޓީ ހިތަދޫ ޕޯޓުގައި މި ޕްރޮގްރާމް ކުރިއަށް ގެންދަނީ ހުރިހާ މުވައްޒަފުންނަށް ހުޅުވާލައިގެންނެވެ. އެގޮތުން އެޗްޕީއެލްގެ އެކި ޑިޕާޓްމަންޓްތަކުގައި މަސައްކަތް ކުރާ 40 މުވައްޒަފުން މި ޕްރޮގްރާމުގައި ބައިވެރިވެފައިވެއެވެ.
އައްޑޫސިޓީ ހިތަދޫ ޕޯޓުގައި ހިންގާ ޕްރޮގްރާމްގެ ލެކްޗަރާއެއްގެ ގޮތުގައި ހަރަކާތްތެރިވަނީ އާދަމް ނަސީރެވެ. އޭނާއަކީ ޖޯންސީ މެކްސްވެލް ސެޓިފައިޑް ކޯޗު، ޓްރެޓްރެ މާސްޓާ ފެސިލިޓޭޓަރު އަދި އެންއެލްޕީގެ މާސްޓާ ޕްރެކްޓިޝަނަރެކެވެ. ނަސީރަކީ 20 އަހަރަށްވުރެ ގިނަ ދުވަހު ހިއުމަން ރިސޯސަސް އެންޑް އެމްޕްލޯއީ ޑިވެލޮޕްމަންޓްގެ ދާއިރާގައި މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ.
އެމްޕީއެލްގެ ޕޯޓު ލާނިން އެންޑް ޑިވެލޮޕްމަންޓް (ޕީޓީސީ) އިން "ލީޑާޝިޕް އެންޑް ޗޭންޖް މެނޭޖްމަންޓް ޕްރޮގްރާމު"ގެ ނަމުގައި ކުރިއަށް ގެންދާ ޕްރޮގްރާމް ވަނީ މާލޭ ކޮމާޝަލް ހާބަރުގައި މަސައްކަތްކުރާ މެނޭޖަރުންނާއި ހުޅުމާލޭ އިންޓަނޭޝަނަލް ޓާމިނަލްގައި މަސައްކަތް ކުރާ މެނޭޖަރުންނަށްވެސް ކުރިޔަށް ގެންގޮސްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު