ސަޅި ވީކްލީގެ ނަމުގައި ދިރާގުން ހާއްސަ ޕްރޮމޯޝަނެއް ތައާރަފުކޮށްފި އެވެ.

ދިރާގުން މިއަދު ބުނީ މި ޕްރޮމޯޝަންގެ ދަށުން ސަޅި ޕްރީޕެއިޑް ކަސްޓަމަރުންނަށް ކޮންމެ ހަފުތާއަކުވެސް 145 ރުފިޔާއަށް 23 ޖީބީ ޑޭޓާ ލިބޭނެ ކަމަށެވެ.

އަދި ދިރާގު ޕްރީޕެއިޑް ކަސްޓަމަރުންގެ ތެރެއިން ކޮމްބޯ އަދި ސަޅި ޕްރީޕެއިޑް ގެންގުޅޭ ކަސްޓަމަރުން ނަމަ ސަޅި ވީކްލީ ޕްލޭންގެ ދަށުން

ކޮންމެ ދުވަހަކު ތިން ޖީބީ ޑޭޓާ އަދި ހަފުތާ ބަންދުގައި ދެ ޖީބީ ސޯޝަލް މީޑިއާ ޑޭޓާ އެލެވެންސްވެސް ލިބިގެންދާނެ ކަމަށް ބުންޏެވެ.

ވީކެންޑް ސޯޝަލް މީޑިއާ އެލަވަންސްގެ ތެރޭގައި ފޭސްބުކް އިންސްޓަގްރާމާއި ޓުވިޓާ އަދި ސްނެޕްޗެޓް ހިމެނޭ އިރު، ސަޅި ވީކްލީ ޕްލޭންގެ ނަގާ ކަސްޓަމަރުންނަށް ދިރާގު ނަންބަރުތަކަށް ހިލޭ ގުޅޭނެއެވެ.

ދިރާގުން ބުނީ، އެ ކުންފުނީގެ މޯބައިލް އެޕް މެދުވެރިކޮށް އެ ޕްލޭން ނެގޭނެ ކަމަށެވެ.