މޯލްޑިވިއަން ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބު (އެމްއެސްއާރުސީ) އިން އިންތިޒާމުކޮށްގެން ބާއްވާ، މޯލްޑިވިއަންގެ އިންޓަ ޑިޕާޓްމަންޓް ފުޓްސަލް މުބާރާތް، "އެމްއެސްއާރުސީ ފުޓްސަލް ފިއެސްޓާ"ގެ ފިރިހެން ޑިވިޝަން ފައިނަލުގައި ސަޕޯޓަރުންނަށް ހާއްސަ ގުރުއަތެއް ނަގަން އެ ކުންފުނިން ނިންމައިފިއެވެ.
މުބާރާތުގެ ފައިނަލް މެޗު މާދަމާ ރޭ 8:30 ގައި ޕީކޭ ދަނޑުގައި ފެށުމަށް ހަމަޖެހިފައިވާ އިރު، އެ މެޗު ބަލަން ދާ ސަޕޯޓަރުންގެ މެދުގައި ނެގޭ ގުރުއަތުން ނަސީބުވެރިވެރިއަކަށް ހޮވޭ އެއް ފަރާތަކަށް، މޯލްޑިވިއަން ފްލައިޓުތައް ދަތުރުކުރާ އިންޓަނޭޝަނަލް މަންޒިލަކަށް ދެކޮޅު ޓިކެޓް ދޭ ގޮތަށް ވަނީ ހަމަޖައްސައިފައެވެ.
ލަކީ ޑްރޯގައި ބައިވެރިވުންވެސް ކުރިއަށް ދާނީ ފައިނަލް މެޗު ކުޅޭ ޕީކޭ ދަނޑުގައި ކަމަށް މޯލްޑިވިއަނުން ވަނީ މައުލޫމާތު ދީފައެވެ. ފައިނަލް މެޗު ނިމުމާއެކު ނަސީވެރިޔަކު ހޮވުން އެ ސަރަހައްދުގައި ކުރިއަށްދާނެ ކަމަށްވެސް މުބާރާތް އިންތިޒާމު ކުރާ ފަރާތުން ވަނީ މައުލޫމާތު ދީފައެވެ.
އެމްއެސްއާރުސީގެ އަހަރީ އެންމެ ބޮޑު ކުޅިވަރު އިވެންޓަކީ އެ ކްލަބުގެ ފުޓްސަލް ފިއެސްޓާއެވެ. މިއަހަރުގެ ފިރިހެން ޑިވިޝަން މުބާރާތް މިމަހުގެ އެއްވަނަ ދުވަހު ފަށާފައިވާ އިރު، އަންހެން މުބާރާތް ތާވަލު ކޮށްފައިވަނީ މިމަހުގެ 16 ވަނަ ދުވަހު ފަށާ ގޮތަކަށެވެ.
ފިރިހެން ޑިވިޝަންގެ މުބާރާތުގައި ޖުމުލަ 21 ޓީމަކުން ވާދަކޮށްފައިވާ އިރު، ސެމީ ފައިނަލުގެ ދެ މެޗު މިރޭ ކުޅޭނެއެވެ. އެގޮތުން މިރޭ 8:30 ގައި ކުޅޭ ސެމީ ފައިނަލް ފުރަތަމަ މެޗުގައި ފައިނޭންސްގެ އޭ ޓީމުން ނުކުންނާނީ މޯލްޑިވިއަންގެ އެއާޕޯޓްސް ސްޓާފުންގެ ޓީމާ ދެކޮޅަށެވެ. އަދި މިރޭ 9:30 ގައި ކުޅޭ ސެމީ ފައިނަލް ދެވަނަ މެޗުގައި އިންޖިނިއަރިން އޭ ޓީމު ނުކުންނާނީ ފްލައިޓް އޮޕަރޭޝަންސްގެ ޓީމާ ދެކޮޅަށެވެ.
މޯލްޑިވިއަން
މޯލްޑިވިއަން
މޯލްޑިވިއަން
މޯލްޑިވިއަން