އެފްއޭއެމްގެ 16 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލް ފަހު ޖާގަ ކްލަބު އީގަލްސްއިން ހޯދައިފިއެވެ.
ޔޫތު ޗެމްޕިއަންޝިޕްގެ ގްރޫޕް ސްޓޭޖު ފަހު މެޗުގައި އީގަލްސްއިން އިއްޔެ ހަވީރު ނުކުތީ ދަ ގްރާންޑޭއާ ދެކޮޅަށެވެ. ގައުމީ ދަނޑުގައި އިއްޔެ ހަވީރު ކުޅުނު މެޗު އީގަލްސްއިން ކާމިޔާބުކުރީ 4-3 ގެ ނަތީޖާއަކުންނެވެ. މެޗުގައި ތ. ތިމަރަފުއްޓަން އުފަން ހުނަވެރި ކުޅުންތެރިޔާ، އަހުމަދު އަފުލާޒް ވަނީ ހެޓްރިކް ހަދާފައެވެ.
އިއްޔެ ކުޅުނު ގްރޫޕް ބީގެ ފަހު މެޗު ފެނުނީ ފޯރިގަދަ ކޮށެވެ. މެޗަށް ނުކުތް އިރު ދެޓީމަށްވެސް ސެމީ ފައިނަލްގެ ފުރުސަތު ފަހިކޮށް އޮތް އިރު، މެޗުން މޮޅުވި އީގަލ؛ްސް ސެމީއަށް ދިޔައީ ގްރޫޕުގެ ދެވަނަ ޓީމުގެ ގޮތުގައެވެ. އެ ގްރޫޕުގެ އެއްވަނަ ޓީމުގެ ގޮތުގައި ސެމީއަށް ގޮސްފައި ވަނީ ކްލަބު ވެލެންސިއާއެވެ.
މި މަހު 29 ވަނަ ދުވަހު ޔޫތު ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލް މެޗުތައް ކުޅޭއިރު، ފުރަތަމަ ސެމީގައި ޔުނައިޓެޑް ވިކްޓްރީ (ޔޫވީ) ކުޅޭނީ އީގަލްސްއާ ދެކޮޅަށެވެ. ދެވަނަ ސެމީގައި ކްލަބް ވެލެންސިއާއިން ޓީސީ ސްޕޯޓްސް ކްލަބާ ބައްދަލުކުރާނެއެވެ.
އިއްޔެ ހަވީރު ކުޅުނު މެޗުގައި އީގަލްސްގެ ހަތަރު ގޯލުގެ ތެރެއިން ތިން ގޯލު އަފުލާޒު ޖެހި އިރު، އަނެއް ގޯލު ޖެހީ އަޝްހަމް އިބްރާހިމް މުހައްމަދެވެ. ދަ ގްރާންޑޭގެ ގޯލުތަކުގެ ތެރެއިން ދެ ގޯލު މެޗުގައި ޖަހައިދިނީ ނަޒާހު އަހުމަދެވެ، އަނެއް ގޯލަކީ އީގަލްސްގެ ގޯލްކީޕަރު އަބާން އިބްރާހީމް އަތުން ބައިކޮޅަށް ވަން ގޯލެކެވެ.
އެފްއޭއެމް
އެފްއޭއެމް
އެފްއޭއެމް
އެފްއޭއެމް