ޚަބަރު

ހިޔާ ފްލެޓްތަކުގެ ކުލިން 250،000 މާފު ކޮށްދޭން އަމުރުކޮށްދިނުމަށްއެދި ހުށަހެޅި މައްސަލަ ކޯޓުން ބޭރުކޮށްލައިފި

އިބްރާހިމް ޒަކީ

ހިޔާ ފްލެޓްތަކުގެ ފިނިޝިންއަށް ހަރަދުކުރި ކަމަށްބުނާ 250،000 ރުފިޔާ، އެ ތަންތަނަށް ދައްކަންޖެހޭ ކުލިން، މާފު ކޮށްދިނުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މައްޗަށް އަމުރު ކޮށްދިނުމަށް އެދި ހުށަހެޅި މައްސަލަ ބެލެން ނެތް ކަމަށް ސިވިލް ކޯޓުން ހުކުމް ކޮށްފިއެވެ.

ހުޅުމާލެ ފޭސް ދޭއްގައި އިމާރާތްކޮށްފައިވާ ހިޔާ ޓަވަރުތަކުގެ ފްލެޓުތައް ލިބުނު ފަރާތްތަކަށް، އެތަންތަން ދޫކޮށްފައި ވަނީ ފިނިޝިން ނުނިންމައި ކަމަށްވާތީ، ފިނިޝިން ހަދަން ގާތްގަނޑަކަށް ހޭދަވި 250،000 ރުފިޔާ، އެތަންތަނުގެ ޖުމްލަ ކުލީގެ އަދަދުން މައާފުކޮށްދިނުމަށް ނުވަތަ އެއަދަދު ހަމަވަންދެން ކުލި ނުނެގުމަށް އެޗްޑީސީގެ މައްޗަށް އަމުރު ކޮށްދިނުމަށް އެދި ސިވިލް ކޯޓަށް މައްސަލަ ހުށަހެޅީ ހިޔާ ފްލެތްތަކުގެ އެކި މައްސަލަ ތަކުގައި އަޑު އުފުލަމުން އަންނަ މަދަނީ ޖަމްއިއްޔާއެއް ކަމަށްވާ "ހިޔާ ޔޫނިއަން" އިންނެވެ.

އެ ޖަމްއިއްޔާއިން ކުލިން 250،000 ރުފިޔާ، ކަނޑައިލުމަށް އަމުރުކޮށްދިނުމުގެ އިތުރުން ހިޔާ ފްލެޓްތަކުގެ އެއްބަސްވުމުގައިވާ ގާނޫނާއި ގަވާއިދާ ހިލާފު މާއްދާތައް ބަދަލުކޮށް، އެ އެއްބަސްވުމުގައި އެޗްޑީސީން ހިލާފުވެފައިވާ މާއްދާތަކާ ގުޅިގެން އެ ކުންފުންޏާ މެދު ގޮތެއް ނިންމައިދިނުމަށް ވެސް ހުށަހަޅާފައިވެއެވެ.

އެ މައްސަލަ ބަލައި ސިވިލް ކޯޓުން މިއަދު ކުރި ހުކުމުގައި ވަނީ، މި މައްސަލަ ކޯޓަށް ހުށަހަޅާފައި ވަނީ ސިވިލް ކޯޓުން ކުރި ހުކުމުގައިވަނީ ހިޔާ ފްލެޓްތަކުގައި 6،000 އަށް ވުރެ ގިނަ އާއިލާ ދިރިއުޅޭއިރު ކުލި ފަސްކުރުމުގެ ޕެޓިޝަންގައި ސޮއިކުރީ 2،039 މީހަކު ކަމަށެވެ.

ހުކުމުގައި ވަނީ "ހިޔާ ޔޫނިއަން" ގެނަމުގައި ރަޖިސްޓްރީ ކޮށްފައިވާ މަދަނީ ޖަމްއިއްޔާއަކުން ކަމަށެވެ. އަދި އެ ޖަމްއިއްޔާ އަކީ އެޗްޑީސީ އާއި ހިޔާ ފްލެޓްތައް ލިބުނު ފަރާތްތަކާއެކު ހަދާފައިވާ އެއްބަސްވުންތަކުގެ ބައިވެރިއަކަށް ނުވާތީ، "ޕްރިވިޓީ އޮފް ކޮންޓްރެކްޓް" މިމަބްދައުގެ ދަށުން، ހިޔާ ޔޫނިއަން އަކީ މި އެއްބަސްވުންތަކާ ގުޅިގެން އެޗްޑީސީގެ މައްޗަށް ދައުވާކުރުމުގެ ގާނޫނީ ހައިސިއްޔަތު ލިބިގެންވާ ފަރާތެއް ނޫންކަމަށްވެސް ބުނެފައިވެއެވެ.

އެހެންކަމުން މައުލޫއީގޮތުން މިމައްސަލަ ކުރިއަށް ގެންދާނެ ޖާގައެއް ނެތް ކަމަށް ކަނޑައަޅައި ސިވިލް ކޯޓުން ވަނީ ހުކުމްކޮށްފައެވެ.