ދިރުވާލައިގެން 80 ބުލެޓް މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރަން އުޅުނު މީހަކު މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން އަތުލައިގެންފިއެވެ.
ކަސްޓަމްސް އިން ބުނީ، އެ ތަކެތި އަތުލައިގަނެފައިވަނީ މިދިޔަ މެއި މަހުގެ 30 ވަނަ ދުވަހު ސްރީ ލަންކާ އެއާލައިންސް އިން ރާއްޖެ އައި ފަސިންޖަރެއްގެ އަމަލުތައް ހުރި ގޮތުން، އެތެރެހަށީގައި ރައްކާކޮށްގެން ޑުރަގް ގެނެސްފައިވާ ކަމަށް ޝައްކުވެގެން ބަލައި ފާސްކޮށް، އިތުރަށް ސްކޭން ކުރުމުން ކަމަށެވެ.
އެގޮތުން އޭނާގެ އެތެރެހަށިން 80 ބުލެޓް ފެނުނު ކަމަށާއި އެތަކެތި ހެރޮއިންއަށް ޕޮޒިޓިވްވެފައިވާ ކަމަށްވެސް ބުންޏެވެ.
ކަސްޓަމްސް އިން ބުނީ، އަތުލައިގަތް ޑުރަގުގެ ބަރުދަނުގައި ޕެކިންއާއެކު 852 ގުރާމް ހުރި އިރު، އެތަކެތީގެ މަގުމަތީ އަގު އެއް މިލިއަން ރުފިޔާއަށް އަރާ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު