އެމްޑީޕީގެ އިސްލާމީ މަޝްވަރާ މަޖިލީހަށް ކުރިމަތިލާން ހުޅުވާލައިފިއެވެ.
އެމްޑީޕީގެ ޗެއާޕާސަން ކަމުގެ އިންތިހާބު ކާމިޔާބުކުރައްވައި އެންމެ ފުރަތަމައަށް ކުރައްވާނެ ކަމަކީ ޕާޓީގެ އިސްލާމީ މަޝްވަރާ މަޖިލިސް އަލުން އެކުލަވާލައި ހިންގަން ފެށުން ކަމަށް އެޕާޓީގެ ޗެއާޕާސަންގެ މަގާމަށް އިންތިހާބުވެވަޑައިގެންނެވި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ވަނީ ކެމްޕޭންގެ ތެރޭގައި ވިދާޅުވެފައެވެ.
އެމްޑީފީން މިއަދު ކުރި އިއުލާނެއްގައި ބުނީ، އިސްލާމީ މަޝްވަރާގެ މަޖިލީހަށް ކުރިމަތިލުމަށް އެ ޕާޓީގެ މެމްބަރުންގެ ތެރެއިން ޝަރުތު ހަމަވާ މީހުން، ގޫގުލް ފޯމު މެދުވެރިކޮށް މިއަދުން ފެށިގެން މިމަހުގެ 23 ވަނަ ދުވަހާ ހަމައަށް ހުށަހެޅޭނެ ކަމަށެވެ.
އިސްލާމީ މަޝްވަރާ މަޖިލީހަށް ކުރިމަތިލާ ފަރާތަކީ، އިސްލާމިކް ޔުނިވާސިޓީއަކުން ތައުލީމީ ސެޓްފިކެޓެއް ލިބިފައިވާ ނުވަތަ އެ ފެންވަރަށް ތައުލީމު ހާސިކޮށްފައިވާ ކަމުގެ ލިޔުމެއް އެފަދަ ތަނަކުން ލިބިފައިވާ ފަރާތަކަށް ވާން ޖެހެއެވެ. އަދި އިސްލާމް ދީން ކިޔަވައިދިނުމުގެ ހުއްދަ ލިބިފައި އޮތުމާއި ދީނީ ތަގުރީރުކުރުމުގެ ހުއްދަ އާއި ހާފިޒުކަމުގެ ސަނަދާއި އިމާމުކަން ނުވަތަ ގާޒީ ކޯހުން ފާސްވެފައިވާ ފަރާތަކަށް ވާން ޖެހެއެވެ.
އެމްޑީޕީގެ އިސްލާމީ މަޝްވަރާ މަަޖިލީހުގެ އިންތިހާބެއް އެންމެ ފަހުން ބާއްވާފައިވަނީ 2011 ވަނަ އަހަރުއެެވެ.
އިސްލާމީ މަޝްވަރާ މަޖިލިސްގެ އިތުރުން އެމްޑީޕީގެ އަސާސީ ގަވާއިދުގައިވާ ބުނާ އެހެން ކޮމިޓީތަކަށް ވެސް ކުރިމަތިލާން އެމްޑީޕީން މިއަދު ވަނީ ހުޅުވާލައިފައެވެ.
- ފިޔަވަޅު އަޅާ ކޮމިޓީ
- އިންތިހާބާ ބެހޭ ކޮމިޓީ
- އިގުތިސޯދީ ކަންކަމާ ބެހޭ ކޮމިޓީ
- ތައުލީމާ ބެހޭ ކޮމިޓީ
- ސިއްހަތާއި ވެލްފެއާއާ ބެހޭ ކޮމިޓީ
- މީޑިއާ ކޮމިޓީ
- ބައިނަލްއަގުވާމީ ގުޅުންތަކާ ބެހޭ ކޮމިޓީ
- މަސައްކަތާއި އިޖުތިމާއީ ހިދުމަތްތަކާ ބެހޭ ކޮމިޓީ
- މަސްވެރިކަމާއި ދަނޑުވެރިކަމާއި ގުދުރަތީ ވަސީލަތްތަކާ ބެހޭ ކޮމިޓީ
- ގެދޮރާ ބެހޭ ކޮމިޓީ
- ގާނޫނީ ކަންކަމާ ބެހޭ ކޮމިޓީ
- އިންތިޒާމް ކުރުމާބެހޭ ކޮމިޓީ
- ހޯދުންތަކާއި ސިޔާސަތު އެކުލަވާލުމާ ބެހޭ ކޮމިޓީ
- ސަލާމަތާ ބެހޭ ކޮމިޓީ
- ދަތުރުފަތުރާ ބެހޭ ކޮމިޓީ
- ހައްގު ކޮމިޓީ
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު