ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަދެ، ގަވާއިދާ ހިލާފަށް މަސްވެރިކަން ކުރަމުންދިޔަ ލަންކާގެ މަސްބޯޓެއް އަތުލައިގެންފިއެވެ.
އެމްއެންޑީއެފުން މިއަދު ބުނީ މ. މުލީ 76 ނޯޓިކަލް މޭލު އިރުން ގަވާއިދާ ހިލާފަށް ބޭރުގެ މަސްބޯޓެއް މަސްވެރިކަން ކުރަމުންދާކަމުގެ މައުލޫމާތު "އަލަމޫ 2" ނަމަކަށް ކިޔާ ދިވެހި މަސްދޯންޏަކުން ރިޕޯޓްކުރި ކަމަށެވެ.
ކޯސްޓުގާޑު ޝިޕް ހުރަވީއަށް ލަންކާގެ މަސްބޯޓު ހޯދުނީ ރޭ ދަންވަރު 1:27ގައި ކަމަށާއި އެ ބޯޓުގައި ހަ މީހުން ތިބި ކަމަށް ބުންޏެވެ. އަދި އެ ބޯޓު މިހާރު ކޯސްޓްގާޑު ޝިޕް ހުރަވީގެ ބެލުމުގެ ދަށުން ލ. ކައްދޫއަށް ދަތުރުކުރަމުންދާ ކަމަށްވެސް އެމްއެންޑީއެފުން ބުންޏެވެ.
މީގެކުރިން ވެސް ލަންކާގެ ބައެއް މަސް ބޯޓުތަކުން ރާއްޖޭގެ ކަނޑުގެ ސަރަހައްދުން މަސްވެރިކަން ކުރުމުން ހިފަހައްޓާފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު