ރިޔާނެގި އުޅަނދެއްގައި އެކަނިމާއެކަނި ޕެސިފިކް ކަނޑު ހުރަސްކުރި އުމުރުން އެންމެ ގިނަދުވަސްވީ މީހާ ކަމަށް ވުމުގެ ރިކޯޑު ޖަޕާނުގެ ކެނީޗީ ހޮރިއޭ ގާއިމް ކޮށްފިއެވެ. އޭނާގެ އުމުރަކީ 83 އަހަރެވެ.
ޕެސިފިކް ކަނޑަކީ ދުނިޔޭގެ އެންމެ ފުޅާ އަދި އެންމެ ނުރައްކާތެރި ކަނޑެވެ. އެމެރިކާގެ ސެންފްރެންސިސްކޯއިން ފުރައިގެން 8400 ކިލޯމީޓަރުގެ ރާސްތާއެއް ކަޑައްތުކޮށްފައި ޖަޕާނަށް ދާން ކެނީޗީ ނެގީ ދެމަހާއި ކުޑަދުވަސްކޮޅެކެވެ. އޭނާ ދަތުރުކުރި އުޅަނދުގެ ދިގުމިނަކީ 19 ފޫޓެވެ.
ކެނީޗީއަކީ މީގެ ކުރިންވެސް އެކަނިމާއެކަނި ޕެސިފިކް ކަނޑު ހުރަސްކޮށްފައިވާ މީހެކެވެ. އެކަމަކު އެއީ ތަންކޮޅެއް ޒުވާންއިރުގައެވެ. މިފަހަރު މިހުރަސްކުރުމެއް ފެށީ މިކަންކުރި އުމުރުން އެންމެ ގިނަދުވަސްވީ މީހާއަށްވުމުގެ ރިކޯޑް ގާއިމްކުރުމަށްޓަކައެވެ.
ކެނީޗީގެ ދަތުރު އޭނާ ފެށީ މިއަހަރުގެ މާޗްމަހު އެމެރިކާގެ ސެންފްރެންސިސްކޯއިންނެވެ. ދަތުރު ނިންމާލީ ޖޫން ހަތަރުވަނަ ދުވަހު ޖަޕާނުގައެވެ. ކެނީޗީ ބުނެފައިވަނީ އޭނާ އެންމެ ފުރަތަމަ 1962 ވަނަ އަހަރު ޕެސިފިކް ކަނޑު ހުރަސްކުރި ދުވަސްވަރަށްވުރެ މިހާރު ޓެކްނޮލޮޖީގެ ގޮތުން ދުނިޔެ ކުރިއަރާފައިވާތީ ކަންކަން މިހާރު މާފަސޭހަ ކަމުގައެވެ. ދުނިޔޭގައި ހުރިއްޔާ އުމުރުން ސަތޭކަ އަހަރާއި ހަމަޔަށްވެސް ކަނޑު ދަތުރުކުރުން ހުއްޓާލަން ގަސްތު ނުކުރާކަމަށްވެސް ބުންޏެވެ.
ދުނިޔޭގެ ރެކޯޑު
ދުނިޔޭގެ ރެކޯޑު
ދުނިޔޭގެ ރެކޯޑު
ދުނިޔޭގެ ރެކޯޑު