އެކުވެރި އަރަބި އިމާރާތް (ޔުނައިޓެޑް އަރަބް އެމިރޭޓްސް - ޔޫއޭއީ) ގެ ގައުމީ ދިދައިގެ ބައްޓަމަށް ތައްޔާރުކޮށްފައިވާ 430 އަކަމީޓަރުގެ ބޮޑު ބެނާއެއް އުޅަނދެއްގައި ހަރުކޮށްފައިވާ ދިދަދަނޑިއަކުން ނަގައިގެން ގިނިސް ވޯލްޑް ރެކޯޑް ފޮތުން ޖާގަ ހޯދައިފިއެވެ.
މި ރެކޯޑު ހާސިލުކޮށްފައިވަނީ ޔޫއޭއީގެ ދެ ރައްޔިތުން ކަމަށްވާ އަހުމަދު ހަސަން އައްޝިއްހީ އަދި ޔަހްޔާ ސައީދު ލޫތާއެވެ. ގަލްފް ނިއުސްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ދުބާއީގެ ސަހަރާގެ ސަރަހައްދެއްގައި މިދިޔަ އޭޕްރީލް މަހުގެ 23 ވަނަ ދުވަހު ނެގި މި ބެނާގެ ބޮޑުމިނުގައި 429.977 އަކަމީޓަރު ހުރެއެވެ. މިއީ އުޅަނދެއްގައި ހަރުކޮށްފައިވާ ދަނޑިއަކުން މިހާތަނަށް ނެގި އެންމެ ބޮޑު ބެނާގެ ގޮތުގައި ގިނިސް ވޯލްޑް ރެކޯޑްސްއިން ވަނީ ކަށަވަރުކޮށްދީފައެވެ.
މި ހަރަކާތަކީ ޔޫއޭއީގެ ބޮޑުވަޒީރު އަދި ދުބާއީގެ ވެރިޔާ ޝައިހް މުހައްމަދު ބިން ރާޝިދު އަލް މަހްތޫމް ފައްޓަވާފައިވާ "ޕްރައުޑް އޮފް ޔޫއޭއީ" ކެމްޕޭނަށް ތާއީދުކޮށް، ގައުމީ އެއްބައިވަންތަކަމާއި ފަހުރުވެރިކަން ދައްކުވައިދިނުމުގެ ގޮތުން ކުރިއަށްގެންދިޔަ ހަރަކާތެކެވެ.
އައްޝިއްހީ ވިދާޅުވި ގޮތުގައި، މިއީ ގައުމާއި ވެރިންނާއި އަސްކަރިއްޔާގެ އިތުރުން ރައްޔިތުންނާ މެދު ފަހުރުވެރިވާކަން ހާމަކުރުމުގެ ގޮތުން ފެށި މަސައްކަތެކެވެ.
ގިނިސް ވޯލްޑް ރެކޯޑްސްގެ އޮފިޝަލުން މި ރެކޯޑު ބަލައިގަނެ، ރަސްމީ ސެޓްފިކެޓް ހަވާލުކޮށްފައިވަނީ މި މަހުގެ 5 ވަނަ ދުވަހުއެވެ. ސަރުކާރުގެ އޮފިޝަލުން ފާހަގަކުރައްވާ ގޮތުގައި، މިއީ އުނދަގޫ ދަނޑިވަޅެއްގައި ގައުމުގެ ރައްޔިތުންގެ މެދުގައި އޮތް ގުޅުމާއި ގައުމީ ރޫހު ދައްކުވައިދޭ މުހިންމު ކާމިޔާބީއެކެވެ. މި ރެކޯޑުގެ ސެޓްފިކެޓް މިހާރު ވަނީ އައްޝިއްހީ އަދި ލޫތާއާ ރަސްމީކޮށް ހަވާލުކޮށްފައެވެ.
ދުނިޔޭގެ ރެކޯޑު
ދުނިޔޭގެ ރެކޯޑު
ދުނިޔޭގެ ރެކޯޑު
ދުނިޔޭގެ ރެކޯޑު
ކޮމެންޓް