އިންޑިއާގެ ވެރިކަންކުރާ ބީޖޭޕީގެ ތަރުޖަމާނު ނުޕޫރު ޝަރުމާ ކީރިތި ގުރުއާނާއި ކީރިތި ރަސޫލާއަށް، ފުރައްސާރަކުރި މައްސަލަ ދިވެހި ސަރުކާރުން ކުށްވެރި ކުރުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފިއެވެ.
މި މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ އިދިކޮޅޫ ޕީއެންސީގެ މެންބަރު މަޑުއްވަރީ ދާއިރާގެ މަޖިލިސް މެންބަރު އާދަމް ޝަރީފެވެ.
މި ކުއްލި މައްސަލަ ހުށަހަޅުއްވަމުން މެންބަރު ޝަރީފް ވިދާޅުވީ، އިންޑިއާގެ ޓީވީ ޗެނަލަކުން ބޭއްވި ބަހުސެއްގައި އެ ގައުމުގެ ވެރިކަންކުރާ ޕާޓީގެ ތަރުޖަމާނު ކީރިތި ގުރުއާނާއި ކީރިތި ރަސޫލާއަށް ފުރައްސާރަ ކުރި މައްސަލަ އިްނޑިއާގެ މުސްލިމުންނާއި، އިސްލާމީ ބޮޑެތި ގައުމުތަކާއި އެ ގައުމުތަކުގެ ވެރިންނާއި އާއްމުން ހަރުކަށި އިބާރާތުން ކުށްވެރިކޮށް އިހުތިޖާޖުކުރަމުންދާ ކަމަށެވެ.
އެ މައްސަލައާ ގުޅިގެން އެކި ގައުމުތަކުގައި ތިއްބަވާ އިންޑިއާގެ ސަފީރުން އެ ގައުމުތަކުގެ ހާރިޖިއްޔާއަށް ހާޒިރު ކޮށް ސަރުކާރުތަކުން އެމައްސަލަ ކުށްވެރިކޮށް، އަދި ބައެއް ގައުމުތަކުން ސޯޝަލް މީޑިއާގައި އިންޑިޔާއާ ދެކޮޅަށް ފިޔަވަޅު އެކުމަށް ގޮވާލަމުންދާއިރު، ރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމު ގައުމަކަށްވެފައި، ރާއްޖޭގެ ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުޖުގެ ގާނޫނުގައިވާގޮތުގެ މަތިން ދިވެހި ރައްޔިތުން ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމަކީ ދިވެހި ސަރުކާރާއި ރައްޔިތުންގެ މައްޗަށް ލާޒިމު ކަމެއް ކަމަށްވެސް ވިދާޅުވިއެވެ.
ކީރިތި ގުރުއާނާއި މިއުއްމަތުގެ ނަބިއްޔާއަށް ފުރައްސާރަ ކުރުމަކީކޮންމެ މުސްލިމަކު އިންތިހާއަށް ކަންބޮޑުވާ ކަމަކަށް ވާތީ އާއި އެފަދަ ދަށު ދަރަޖައިގެ އަމަލެއް ކުރުމުން، ދިވެހި މުސްލިމުން ކަންބޮޑުވެފައިވާ މި ދަނޑިވަޅުގައި ދިވެހި ސަރުކާރުން މި ހައްސާސް މައްސަލއިގައި އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާތީ ކީރިތި ގުރުއާނާއި ކީރިތި ރަސޫލާއަށް ފުރައްސާރަކުރި މައްސަލަ އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ހާލުގައި މިކަމާމެދު ސަރުކާރުން ފިޔަވަޅު އަޅާފައި ނުވާ މައްސަލަ ކުށްވެރިކޮށް ސަރުކާރުގެ ސަމާލުކަމަށް އެކަން ގެނެސް ދިވެހި ސަރުކާރުން އެކަން ކުށްވެރި ކުރުމަށް ގޮވާލާ ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.
މަޖިލިސް ޖަލްސާގައި މި މައްސަލައަށް ބަހުސްކުރަން ފެނޭތޯ ނެގި ވޯޓުގައި، އެކަމަށް ފެނަން ކަމަށް ވޯޓު ދެއްވީ ޖަލްސާގައި ތިއްބެވި 49 މެންބަރުންގެ ތެރެއިން އެންމެ 10 މެންބަރުންނެވެ. ބަހުސް ކުރަން ނުފެންނަ ކަމަށް 33 ވޯޓު ދެއްވިއެވެ. ފާސްކުރަން ބޭނުންވަނީ 22 ވޯޓެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު