ޚަބަރު

ދިވެހިންނާ ކައިވެނިކޮށްގެން އުޅޭ ބިދޭސީންނަށް ދާއިމީ ލައިސަންސް ލިބޭ ގޮތް ހަދައިފި

މުހައްމަދު އިޝާން

މިއަދުން ފެށިގެން ދިވެހިންނާ ކައިވެނި ކޮށްގެން އުޅޭ ބިދޭސީންނަށް ދާއިމާ ލައިލަންސް ލިބޭގޮތަށް ހަދައިފިއެވެ.

އެއްގަމު އުޅަނދުފަހަރު ދުއްވުމުގެ ލައިންސަންސް ދޫކުރުމާ ބެހޭ ގަވާއިދަށް ގެނައި ފުރަތަމަ އިސްލާހު ޓްރާންސްޕޯޓް މިނިސްޓްރީން ގެޒެޓްކުރީ މިއަދެވެ.

މީގެ ކުރިން ގަވާއިދުގައި އޮންނަ ގޮތުން ބިދޭސީންނަށް ދޭނީ އެއް އަހަރު ދުވަހުގެ ވަގުތީ ލައިސަންސެކެވެ. އަދި އެއް އަހަރު ހަމަވުމުން ލައިސަންސް ޖެހޭނީ އާކުރާށެވެ.

ޓްރާންސްޕޯޓުން މިއަދު ގަވާއިދުގެ އެ މާއްދާއަށް ގެނައި އިސްލާހުގައި ވަނީ، ބިދޭސީންގެ ތެރެއިން ދިވެހިންނާ ކައިވެނިކޮށްގެން އުޅޭ މީހުންނަށް ދާއިމީ ލައިސަންސް ލިބޭނެ ކަމަށެވެ.

ދިވެހިންނާ އެއްގޮތަށް އެ މީހުންނަށް ވެސް ދާއިމީ ލައިސަންސް ދޫކުރާނީ 10 އަހަރަށެވެ.