އިރުވައި މޫސުމުގައި ނުރައްކާތެރި މިންވަރަކަށް ރާއްޖޭގެ ވައި ނުސާފުވާކަމަށް މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) އިން ހެދި ދިރާސާ ރިޕޯޓެއްގައި ބުނެފިއެވެ.
ރާއްޖޭގައި ވައި ނުސާފުވާ މިންވަރު ބެލުމަށް މާލޭ ސަރަހައްދުގައި ހަރުކޮށްފައިވާ ސެންސަރުތަކުން މިދިޔަ ސެޕްޓެމްބަރު މަހުން މިއަހަރުގެ މާޗު މަހުގެ ނިޔަލަށް އެއްކުރި ޑޭޓާ ތަހުލީލުކޮށްގެން ހޯދި ހޯދުންތަކުގެ ވަގުތީ ނަތީޖާތައް އެމްއެންޔޫން ވަނީ ކަމާ ބެހޭ ފަރާތްތަކާ މާޗު މަހުގެ 19 ވަނަ ދުވަހު ހިއްސާކޮށްފައެވެ.
އެ ރިޕޯޓުގައިވާ ގޮތުން ވޯލްޑު ހެލްތު އޯގަނިޒޭޝަން (ޑަބްލިޔުއެޗްއޯ) އިން ކަނޑައަޅާފައިވާ ރައްކާތެރިކަމުގެ މިންގަނޑަށްވުރެ އިރުވައި މޫސުމުގައި ވައި ނުސާފުވެއެވެ. އެގޮތުން އިރުވައި މޫސުމުގެ ކޮންމެ ތިން ދުވަހަކުން އެއް ދުވަހު ރާއްޖޭގެ ވައި ނުސާފުވާ ކަމަށް ރިޕޯޓުގައި ބުންޏެވެ.
ރާއްޖޭގެ ވައި އެންމެ ބޮޑަށް ނުސާފުވަނީ ޑިސެމްބަރު މަހު ކަމަށް އެ ރިޕޯޓުގައި ވަނީ ބުނެފައެވެ.
އެމްއެންޔޫން ހެދި ރާއްޖޭގައި ވައި ނުސާފުވާ މިންވަރު ދެނެގަތުމުގެ ދިރާސާއަށް ހަރަދުކޮށްފައި ވަނީ އެމެރިކާގެ ސްޓޭޓް ޑިޕާޓުމެންޓުންނެވެ.
ޚަބަރު
ޚަބަރު