Close
ބޮލީވުޑް

ޕްރިޔަންކާ ޗޯޕްރާ، ފަރުހާން އަޚްތަރު އަދި އެހެން ބައެއް ފަރާތްތަކުން ސެންޓު އިޝްތިހާރަކަށް ފާޑުކިޔައިފި

ޕްރިޔަންކާ ޗޯޕްރާ، ފަރުހާން އަޚްތަރު، ރިޗާ ޗަދާ އަދި އެހެނިހެން މަޝްހޫރު ފަރާތްތަކުން ގޭންގު ރޭޕްގެ ސަގާފަތް ޕްރޮމޯޓް ކުރާ ސެންޓު އިޝްތިހާރަކަށް ފާޑުކިޔައިފިއެވެ.

އެގައުމެއްގައި އަދިވެސް އަންހެނުން އަމިއްލަ ހައްގުތަކާއި ތިމާގެ އަމިއްލަނަފުސުގެ ހައިސިއްޔަތާއި މަގާމު ލިބިގަތުމަށް މަސައްކަތް ކުރަމުން އަންނަ، އަދި ބަތަލާއިން ހަމަހަމަ އުޖޫރަ ލިބިގަތުމަށާއި ޖިންސީ ގޯނާއާއި އެހެނިހެން އެތައް މައްސަލަތަކަކަށް ހަނގުރާމަ ކުރަމުން އަންނަ އިންޑިއާގައި، ވަކި ވައްތަރެއްގެ ސެންޓު އިޝްތިހާރެއްގެ ސަބަބުން ހަލަބޮލިކަން ވަނީ އުފެދިފައެވެ. އެތައް ގޯސް ސަބަބުތަކަކާއި މައްސަލަތަކަކާ ހެދި، "ޝޮޓް" ކިޔާ މިސެންޓު ބްރޭންޑުގެ އިޝްތިހާރު ގިނަ ބަޔަކު ވަނީ ފާހަގަކޮށްފަ އެވެ. އެ އިޝްތިހާރުން ފެނިގެންދިޔަ މަޝްހޫރު ފަރާތްތަކުން ސޯޝަލް މީޑިއާގައި އެ އިޝްތިހާރަށް ފާޑުކިޔައި، އެއީ ރޭޕް ސަގާފަތުގެ "ނަފްރަތު އުފެދޭ ޕްރޮމޯޝަނެއް" ކަމަށް ބުނެ އެވެ. ޕްރިޔަންކާ ޗޯޕްރާ އިން ފެށިގެން ފަރުހާން އަޚްތާރާއި ހަމައަށް ރިޗާ ޗަދާއާ އެކު، ސްވަރާ ބަސްކާރު، ސޯނާ މޮހާޕަތުރާ، ވަނީ މި'ހައިރާންކުރުވަނިވި، ލަދުވެތި' އިޝްތިހާރާ ގުޅޭ ގޮތުން އެމީހުންގެ ހިޔާލު ފާޅުކޮށްފަ އެވެ.

ޕްރިޔަންކާ ކުރި ޓުވީޓެއްގައި އިޝްތިހާރާ ބެހޭ ގޮތުން ބުނެފައިވެއެވެ. "ލަދުގަންނަން، އެހާ ހުތުރު، ނަފުރަތު ކުރަން، މި ކޮމާޝަލްއަށް ގްރީންލައިޓް ދޭން ކިތައް ކްލިއަރެންސް ފެންވަރުބާ ބެލުނީ؟ މިއީ އެންމެ ރަނގަޅު ކަމެއްކަމަށް ހީކުރީ ކިތައް މީހުންބާ؟ މިނިސްޓްރީން އެ ނެގީތީ ވަރަށް އުފާވޭ!"

“މި ވަސްގަދަ ބޮޑީ ސްޕްރޭ ‘ގޭންގް ރޭޕް'ގެ އިޝްތިހާރުތައް ވިސްނައި، ފާސްކޮށް، އުފެއްދުމަށް ބޭނުންކޮށްފައި މިވަނީ ކޮންފަދަ ގަބޫލު ނުކުރެވޭ ކަހަލަ، އެއްވެސް ރަހައެއް ނެތް އަދި ބުރި ބުރިވެފައިވާ ސިކުނޑިތަކެއް؟ ލަދުންހަލާކު!!" މި އިޝްތިހާރާ ގުޅޭ ގޮތުން ފަރުހާން އަޚްތަރު ބުނެފައިވެއެވެ.

ދަ ސްކައި އިޒް ޕިންކްގެ ތަރިންގެ އިތުރަށް، ބަތަލާ ރިޗާ ޗައްދާ ބުނީ މި އިޝްތިހާރަކީ އެކްސިޑެންޓެއް ނޫން ކަމަށެވެ. އިޝްތިހާރެއް ހެދުމަށްޓަކައި ބްރޭންޑެއް ނިންމުންތައް ނިންމުމުގެ އެތައް ދާއިރާތަކާއި އެތައް ފަށަލަތަކެއްގެ ތެރެއިން ދަތުރުކުރެއެވެ. ކްރިއޭޓިވްސް، ސްކްރިޕްޓް، އެޖެންސީ، ކްލައިންޓް، ކާސްޓިން، މިހެން ގޮސް ކިތަންމެ ދާއިރާތަކަކުން ބަލައި ޗެކްކުރެވެއެވެ.

ކަންތައް މިހިސާބަށް ގޮސްފައިވާއިރު ބްރޯޑްކާސްޓިން މިނިސްޓްރީން ވަނީ ސޯޝަލް މީޑިއާ އާއި ބްރޭންޑުން މި އިޝްތިހާރުތައް ނެގުމަށް އެދިފަ

އެވެ.