އެސްޓީއޯއިން އިނގިރޭސިވިލާތުގެ ރަސެލް ހޮބްސް ބްރޭންޑުގެ އުފެއްދުންތައް ރާއްޖެއަށް ލޯންޗުކޮށްފިއެވެ.

ރަސަލް ހޮބްސް ލޯންޗުކޮށްފައިވަނީ ހުޅުމާލޭ ސެންޓްރަލް ޕާކުގައި ކުރިއަށްދާ "ފުޑް އެންޑް ބެވަރޭޖްގެ ޝޯ" ގައި ހުރި އެސްޓީއޯގެ ސްޓޯލްއަށް ކުރެއްވި ޒިޔާރަތުގައި ނައިބު ރައީސް ފައިސަލް ނަސީމު އެވެ.

ރަސަލް ހޮބްސް އަކީ ބަދިގެ އަދި ގޭގެ ސާމާނު އުފެއްދުމުގައި 70 އަހަރު ވެފައިވާ ޔޫރަޕުގެ ގިނަ ގައުމުތަކުގެ އިތުބާރު ހޯދާފައިވާ ކުންފުންޏެކެވެ. އަދި އެ ކުންފުންޏަކީ އެންމެ ފުރަތަމަ އޮޓޮމެޓިކް ކެޓްލް ވެސް އުފެއްދި ކުންފުންޏެވެ.

އެ ކުންފުނީގެ އުފެއްދުންތަކުގެ ތެރެއިން އެންމެ މަޝްހޫރު އުފެއްދުންތަކަކީ، ރައިސް ކުކަރު، ސްލޯ ކުކަރު، ސްޓީމާ، ގްރިލް، އެއާ ފްރަޔާ، އޮވެން، ބްލެންޑާ، ޓޯސްޓާ، ސޭންޑްވިޗް މޭކާ، ކޮފީ މޭކާ އަދި އިސްތިރިއެވެ.

އެސްޓީއޯ އަކީ ރާއްޖޭގެ ރަސަލް ހޮބްސް ބްރޭންޑުގެ އެކްސްކުލޫސިޕް ޑިސްޓްރިބިއުޓާ އެވެ.

މި މިމަހުގެ 10 ވަނަ ދުވަހާ ހަމައަށް ރަސަން ހޮބްސްގެ އުފެއްދުންތަކަށް 10 ޕަސަންޓު ޑިސްކައުޓު ލިބޭނެ ކަމަށް އެސްޓީއޯއިން ވަނީ ބުނެފައެވެ.