މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 700،000 ވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފިއެވެ.
ޓޫރިޒަމް މިނިސްޓްރީން މިއަދު އާއްމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުގައި މިމަހުގެ އެކެއްގެ ނިޔަލަށް ރާއްޖެއަށް 706،468 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ.
ތަފާސްހިސާބުތައް ދައްކާގޮތުގައި އެވްރެޖުކޮށް ކޮންމެ ދުވަހަކު ރާއްޖެއަށް 4،648 ފަތުރުވެރިން ޒިޔާރަތްކުރެއެވެ. އަދި އެ ފަތުރުވެރިން ރާއްޖޭގައި އެވްރެޖުކޮށް އަށް ދުވަސް ހޭދަކުރެއެވެ.
މިއަހަރުގެ މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން ރާއްޖެއަށް އައިސްފައިވަނީ އިންޑިއާއިންނެވެ. އެގޮތުން އެގައުމުން އެކަނިވެސް ލައްކައެއްހާ ފަތުރުވެރިން ރާއްޖެ އައިސްފައިވާ އިރު، ދެވަނަ އަށް އެންމެ ގިނަ ފަތުރުވެރިން އައީ އިނގިރޭސިވިލާތުންނެވެ. ތިން ވަނަ އަށް އެންމެ ގިނަ ފަތުރުވެރިން އައީ ރޫސީވިލާތް (ރަޝިއާ) އިންނެވެ.
ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދުތައް އިތުރުވެފައިވާ އިރު، 54,852 އެނދު ވަނީ އޮޕަރޭޝަނަށް ގެނެސްފައެވެ. ރާއްޖޭގެ ބެޑް ކެޕޭސިޓީއަކީ60,657 އެވެ.
ޚަބަރު
ޚަބަރު