ރައީސް އޮފީހަށް ދިގު މުއްދަތަކަށް ހިދުމަތް ކުރި އަދި މިހާރު ހިދުމަތް ކުރަމުން ގެންދާ މުވައްޒަފުންގެ ހިދުމަތުގެ އަގުވަޒަންކޮށް، ހަނދާނީ ފިލާ ދިނުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ނިންމަވައިފިއެވެ.
ރައީސް އޮފީހުން ބުނީ އެކަމަށްޓަކައި މިރޭ 8.30ގައި ސޯޝަލް ސެންޓަރުގައި ބާއްވާ ހަފުލާގައި 20 އަހަރަށްވުރެ ދިގު މުއްދަތެއްގައި އެ އޮފީހަށް ދާއިމީ ވަޒީފާގައި ހިދުމަތްކޮށްފައިވާ މީހުންނަށް ހަނދާނީ ފިލާ ދިނުމަށް ނިންމާފައިވާ ކަމަށެވެ.
ރައީސް އޮފީހަށް ދިގު މުއްދަތަކަށް ހިދުމަތްކުރި މީހުންގެ ހިދުމަތުގެ އަގު، މީގެކުރިން ރަސްމީ ސިފައެއްގައި ވަޒަންކޮށްފައެއް ނުވެއެވެ.
ރައީސް އޮފީހުން ބުނީ، މިރޭ އެ މުވައްޒަފުންނަށް ހާއްސަކޮށް ހަފުލާއެއް ބާއްވަން ނިންމާފައިވަނީ 11 ނޮވެންބަރު 1968ގައި އެ އޮފީސް ރަސްމީކޮށް އުފެދުނު ހިސާބުން ފެށިގެން އެ އޮފީހަށް ތެދުވެރިކަމާއި އިހުލާސްތެރިކަމާއެކު އެތައް މީހުންނެއް ހިދުމަތް ކޮށްދެއްވާފައިވާ އިރު، އެމީހުންގެ ހިދުމަތް ވަޒަންކުރުމަކީ ވަރަށް މުހިންމު އަދި ބޭނުންތެރި ކަމެއް ކަމަށް ރައީސް ސޯލިހު ދެކެވަޑައިގަންނަވާތީ ކަމަށެވެ.
މިރޭގެ ހަފުލާގައި ދިގު މުއްދަތަކަށް ހިދުމަތްކުރި 126 މީހަކަށް ހަނދާނީ ފިލާ ދޭން ހަމަޖެހިފައިވާ އިރު، އެ މީހުންގެ ތެރެއިން ދުނިޔެ ދޫކުރައްވާފައިވާ 20 މީހަކަސް ފިލާ ދިނުމަށް ހަމަޖެހިފައިވަނީ އެމީހުންގެ ހަނދާނަށް ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު