ރާއްޖޭގައި ހިންގާ ސިޔާސީ ޕާޓީތަކުން ހުށަހަޅާ ސައްހަ ނޫން ކޮންމެ ފޯމަކަށް 10،000ރ. ގެ ޖޫރިމަނާއެއް ކުރަން އިލެކްޝަންސް ކޮމިޝަން (އީސީ)އިން މިއަދު ނިންމައިފިއެވެ.

އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޕާޓީއަކުން ހުށަހަޅާފައިވާ ސައްހަ ނޫން ކޮންމެ ފޯމަކަށް، ޕާޓީ 10،000ރ. އިން ޖޫރިމަނާ ކުރަން ކޮމިޝަނުން ނިންމާފައިވާ ކަމަށެވެ.

އޭގެ އިތުރުން ޕާޓީން ހުށަހަޅާ ސައްހަ ނޫން ކޮންމެ ފޯމަކަށް ޕާޓީގެ ރަޖިސްޓްރާވެސް ޖޫރިމަނާ ކުރަން ނިންމާފައިވާ ކަމަށް ހަބީބު ވިދާޅުވިއެވެ. އެގޮތުން، ޕާޓީގެ ރަޖިސްޓްރާ ފުރަތަމަ ފަހަރު 5،000ރ. އިން އަދި އޭގެ ފަހުން 10،000ރ.އިން ޖޫރިމަނާކުރަން ވަނީ ނިންމައިފައެވެ.

ހަބީބު ވިދާޅުވީ، އެ ފިޔަވަޅު އަޅާނީ މިދިޔަ އޭޕްރީލް މަހުގެ އެއް ވަނަ ދުވަހުން ފެށިގެން ހުށަހަޅާފައިވާ ފޯމުތަކަށް ކަމަށެވެ.