އަމީރުލްހައްޖުގެ ގޮތުގައި މިއަހަރު ހައްޖަށް ވަޑައިގަންނަވާ ބޭފުޅަކީ، އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހަމަޖައްސަވައިފިއެވެ.
އަމީރުލްހައްޖުގެ ގޮތުގައި ވަޑައިގަންނަވާ ބޭފުޅަކީ ރާއްޖެއިން ހައްޖަށްދާ މީހުންގެ އެންމެހާ ކަންތައްތައް ބެލެހެއްޓުމުގައި ދިވެހި ދައުލަތުގެ ފަރާތުން އެންމެ އިސްކޮށް ހުންނަ ފަރާތެވެ.
މިއަހަރު ހައްޖުގެ އަޅުކަން އަދާކުރުމަށް ރާއްޖެއަށް ލިބިފައިވަނީ 453 ކޯޓާ އެވެ. އެހެންކަމުން ހައްޖުގެ އަޅުކަން އަދާކުރުމަށް މީހުން ގެންދިއުމުގެ ފުރުސަތު މިއަހަރު ދީފައިވަނީ ހައްޖު ކޯޕަރޭޝަނަށް އެކަންޏެވެ.
ހައްޖު ކޯޕަރޭޝަނަށް ދީފައިވާ ކޯޓާގެ ތެރެއިން 100 ކޯޓާ ވަނީ އާންމުންނަށް ހުޅުވާލައިފަ އެވެ.
ސައޫދީ އަރަބިއްޔާއިން މި އަހަރު ފުރުސަތު ދޭނީ އެއް މިލިއަން ހައްޖުވެރިންނަށް ކަމަށް މިނިސްޓްރީ އޮފް ހައްޖު އެންޑް އުމްރާއިން ވަނީ ބުނެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު