އއ. އުކުޅަހުން އަލީ ޔާމީން (ވަން އޮންލައިން)
މިއަހަރުގެ ފަހުކޮޅުގައި ޑިޖިޓަލް އައިޑީ ކާޑް ތައާރަފު ކުރެވޭނެ ކަމަށް އެންވަޔަރަމަންޓް އެންޑް ޓެންކޮލޮޖީ މިނިސްޓަރު އައިޝަތު ޝައުނާ ވިދާޅުވެއްޖެއެވެ.
ރާއްޖޭގައި ޑިޖިޓަލް އައިޑެންޓިޓީ ނިޒާމެއް ތައާރަފް ކުރުމަށް ސަރުކާރުން ނިންމީ މިދިޔަ ފެބްރުއަރީ މަހުއެވެ.
މެދުރާއްޖެތެރޭގެ ރަށްތަކަށް ހާއްސަކޮށްގެން އުކުޅަހުގައި މިއަދު ފެށި، "ވިއަވެތި ރާއްޖެ" ކޮންފަރެންސްގައި، މާލެއަށް އައިޑީކާޑު ހައްދަން އަންނަން ޖެހުމުގެ ކަންބޮޑުވުން ކައުންސިލެއްގެ ރައީސަކު ފާޅުކުރެއްވުމުން އެކަމަށް ޖަވާބުދެއްވައި، މިނިސްޓަރު ޝައުނާ ވިދާޅުވީ ޑިޖިޓަލް ކާޑު ތައާރަފްކުރެވުމުން އެ މައްސަލައަށް ހައްލެއް ލިބިގެންދާނެ ކަމަށެވެ.
"އެ ޕްރޮޖެކްޓްގެ މަސައްކަތް ވަރަށް ބޮޑަށް ގޮސް، ބާކީ މިހާރު އޮތީ ސަރުކާރުގެ އިދާރާތަކުގެ ޑޭޓާ އެއަށް އެންޓާ ކުުރުން. އެ މަސައްކަތް ކުރުމަށް ރާވާފައި އޮތީ ކޮންމެ މިނިސްޓްރީއަކާ އެކު ޑޭޓާ ޝެއަރިން ޑޮކިއުމެންޓެއްގެ ދަށުން،" މިނިސްޓަރު ޝައުނާ ވިދާޅުވިއެވެ.
ޝައުނާ ވިދާޅުވީ، ޑިޖިޓަލް ކާޑު ތައާރަފްކުރި ނަމަވެސް އައިޑީ ކާޑު ޕްރިންޓްކުރަން ބޭނުންވާ މީހުންނަށް އެފުރުސަތުވެސް އޮންނާނެ ކަމަށެވެ.
ރާއްޖޭގެ ޑިޖިޓަލް އައިޑެންޓިޓީ ނިޒާމެއް ގާއިމްކުރުމުގެ ޕްރޮޖެކްޓްގައި ހިމެނެނީ ޑިޖިޓަލް އައިޑެންޓިޓީ ޕްލެޓްފޯމެއް ގާއިމްކުރުމާއި ސްމާޓް ފޯނުތަކުގައި ބޭނުންކުރާ ޑިޖިޓަލް އައިޑެންޓިޓީ އެޕްލިކޭޝަނެއް ތައާރަފުކުރުމާއި ބަޔޯމެޓްރިކް އައިޑެންޓިޓީގެ ނިޒާމެއް ގާއިމުކުރުމުގެ އިތުރުން ކޮންޓެކްޓްލެސް ސްމާޓް އައިޑެންޓިޓީ ކާޑެއް ތައާރަފުކުރުމެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު