ޚަބަރު

"ވިއަވަތި ކޮންފަރެންސް" މާލެ ސިޓީ ކައުންސިލުން ބޮއިކޮޓްކޮށްފި

އަލީ ޔާމިން

އއ. އުކުޅަހުން އަލީ ޔާމީން (ވަން އޮންލައިން)

ކައުންސިލްތަކުގެ މަޝްވަރާ އާއި ހިޔާލު ހޯދަން މިއަދު ފެށި "ވިއަވަތި ކޮންފަރެންސް" މާލޭ ސިޓީ ކައުންސިލުން ބޮއިކޮޓްކޮށްފިއެވެ.

އުކުޅަހުގައި މިއަދު ފެށި "ވިއަވަތި ކޮންފަރެންސަކީ" މާލެ އަތޮޅު ހިމެނޭ މެދުރާއްޖެތޭރޭގެ ރަށްތަކުގެ ކައުންސިލްތަކަށް ހާއްސަކޮށްގެން ފެށި ކޮންފަރެންސެކެވެ.

"ވިއަވަތި ކޮންފަރެންސް" ގައި މެދުރާއްޖެތެރޭގެ ގިނަ ރަށްތަކެއްގެ ކައުންސިލްގެ ރައީސުންނާއި އަންހެނުން ކޮމިޓީތަކުގެ ރައީސުން ބައިވެރިވެލައްވާ އިރު، މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒާއި އެ ކައުންސިލްގެ އެއްވެސް މެމްބަރަކު ކޮންފަރެންސްއަށް ވަޑައިގެންފައެއް ނުވެއެވެ.

މަޝްވަރާތައް ފެއްޓެވުމުގެ ގޮތުން ވާހަކަ ދައްކަވަމުން ރައީސް ސޯލިހު ވަނީ މުހިންމު ކޮންފަރެންސްއެއްގައި މާލެ ސިޓީ ކައުންސިލްގެ އެއްވެސް މެމްބަރަކު ބައިވެރިނުވާކަން ފާހަގަކުރައްވައިފައެވެ.

"ވިއަވަތި ކޮންފަރެންސް" މާލޭ ސިޓީ ކައުންސިލުން ބޮއިކޮޓްކުރި ނަމަވެސް އެ ކޮންފަރެންސްގައި މާލޭ ސިޓީގެ އަންހެން ކޮމިޓީގެ ފަރާތުން ބައިވެރިވެއެވެ.

މާލެ ސިޓީގެ މޭޔަރު ޑރ. މުއިއްޒާއި ޑެޕިއުޓީ މޭޔަރު ނަރީޝްވެސް ހިމެނޭ ގޮތަށް މެޖޯރިޓީ އޮތީ އިދިކޮޅު ޕީޕީއެމަށެވެ. ނަމަވެސް, އެމްޑީޕީއަށް ނިސްބަތްވާ ހަ މެމްބަރަކު މާލެ ސިޓީ ކައުންސިލްގައި ތިއްބަވައެވެ.