މާފަންނު ގެއެއްގެ މަތިން ވެއްޓުނު ކަމަށް ބުނި ކުޑަކުއްޖާ އަމިއްލައަށް ގެއަށް ގޮސްފިއެވެ.
ފުލުހުން މިރޭ ބުނީ، އާއިލާގެ ފަރާތުން މި ހާދިސާ ފުރަތަމަ ރިޕޯޓްކުރީ 12 އަހަރުގެ ފިރިހެން އެ ކުއްޖާ އިމާރާތެއްގެ ހަތަރު ވަނަ ފަންގިފިލާއިން ވެއްޓިގެން އުޅޭ ކަމަށް ބުނެއެވެ. އެއީ މިރޭ 8:31 އެހާކަންހާއިރުއެވެ.
ނަމަވެސް ވެއްޓުނު ކަމަށް ބުނާ ކުއްޖާ ފެންނަން ނެތުމުން ކުއްޖާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން އޭރު ބުންޏެވެ.
ނަމަވެސް ފަހުން ފުލުހުން ބުނި ގޮތުގައި، މިރޭ 9:47 އެހާކަންހާއިރު ކުއްޖާ ގެއަށް ގޮސްފައިވާ ކަމަށް އާއިލާއިން މައުލޫމާތު ދީފައިވާ ކަމަށެވެ. އަދި ކުއްޖާގެ ހާލު ރަނގަޅު ކަމަށްވެސް ބުންޏެވެ.