ސަރުކާރު ހިންގާ ޕާޓީ، ޕީއެންސީގެ ނައިބު ރައީސްގެ މަގާމަށް ހަތް ބޭފުޅަކު ޝައުގުވެރިކަން ފާޅުކުރައްވައިފިއެވެ.

މި އަހަރު ބާއްވަން ތައްޔާރުވަމުން އަންނަ ޕީއެންސީގެ ކޮންގްރެސްގައި ޕާޓީގެ އިސް މަގާމުތަކަށް ބޭފުޅުން އިންތިހާބު ކުރާނެއެވެ. ޕާޓީގެ ރައީސާއި ނައިބު ރައީސް އިންތިހާބު ކުރާނީ ޕީއެންސީގެ މަތީ މަޖިލީހުންނެވެ.

ޕީއެންސީގެ ނައިބު ރައީސްގެ މަގާމަށް ޝައުގުވެރިކަން ފާޅުކުރައްވާފައިވާ ބޭފުޅުން

  • ނިލަންދޫ ދާއިރާގެ މެންބަރު ފާތިމަތު ސައުދާ
  • މާފަންނު މެދު ދާއިރާގެ މެންބަރު އަސްމާ ރަޝީދު (އަސްމާއްތަ)
  • ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ސުޖާއު
  • އިނޮކޮމިކް މިނިސްޓަރު މުހައްމަދު ސައީދު
  • ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު
  • ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް
  • ސަރުކާރުގެ އިސް ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް (މުންދު)

ޕީއެންސީގައި މި ވަގުތު ހަ ނައިބު ރައީސުން ތިއްބަވަ އެވެ. އޭގެ ތެރޭގައި ސައީދާއި ޝުޖާއުގެ އިތުރުން މުންދުވެސް ހިމެނިވަޑައިގަންނަވައެވެ.

ޕީއެންސީން ކޮންގްރެސް ބާއްވާނެ ތާރީހެއް އަދި އިއުލާނެއް ނުކުރެއެވެ. ނަމަވެސް އެ ޕާޓީން މި ފަހުން ވަނީ ސްޓިއަރިން ކޮމިޓީތަކާއި ދާއިރާތަކުގެ އިންތިހާބު މި ފަހުން ބާއްވައިފަ އެވެ. އެ އިންތިހާބުގެ 25،00 އަށްވުރެ ގިނަ މަގާމުތަކަށް މީހުން އިންތިހާބުކުރިއެވެ.