ކާނާގެ ރައްކާތެރިކަން ކަށަވަރު ކުރުމަށާއި ތިމާވެއްޓާ ރައްޓެހި އީޖާދީ މަސައްކަތްތަކަށް ހިތްވަރު ދިނުމުގެ މަގުސަދުގައި ދޫކުރާ "ވިލުންވެށި ގްރާންޓް" އަށް ކުރިމަތިލުމަށް ހުޅުވާލައިފިއެވެ.
މި ގްރާންޓްގެ ދަށުން މުޖުތަމައަށް ފައިދާ ހުރި އަދި ދެމެހެއްޓެނިވި ގޮތެއްގައި ހިންގާ މަޝްރޫއުތަކަށް އެއް ލައްކަ ރުފިޔާއާ ހަމައަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހަމަޖެހިފައިވެއެވެ.
މި ގްރާންޓަކީ އާ އީޖާދުތަކާއި ޑިޖިޓަލް ވަސީލަތްތަކަށް ހިތްވަރުދިނުމަށާއި ތިމާވެށި ރައްކާތެރި ކުރުމަށާއި ދެމެހެއްޓެނިވި ގޮތެއްގައި އާމްދަނީ ހޯދޭނެ ފުރުސަތު، ފަހިކޮށްދިނުމަށް އެކުލަވާލާފައިވާ މަޝްރޫއެކެވެ. މި ޕްރޮގްރާމް ކުރިއަށް ގެންދަނީ، ފިޝަރީޒް މިނިސްޓްރީ އާއި އެސްއެމްއީ ޑިޖިޓަލްއާ ގުޅިގެންގެންނެވެ.
މި ގްރާންޓުގެ މައިގަނޑު ބޭނުމަކީ، ރާއްޖޭގައި ކާނާގެ ރައްކާތެރިކަން އިތުރު ކުރުމަށް ކުރާ މަސައްކަތްތަކަށް އެހީތެރިވުމާއި ތިމާވެއްޓަށް ލިބޭ ގެއްލުންތައް ކުޑަކުރެވޭނެ ފަދަ ޓެކްނޮލޮޖީގެ އެހީއާ އެކު ހައްލުތައް ހޯދުމަށް މަގުފަހިކޮށްދިނުމެވެ. ހާއްސަކޮށް އަމިއްލަ މަސައްކަތުން ކާނާ އުފެއްދުމާއި ތިމާވެއްޓާ ރައްޓެހި އުސޫލުތައް ކުރިއެރުވުމަށް މަސައްކަތް ކުރާ ފަރާތްތަކަށް މި ގްރާންޓުން އިސްކަމެއް ދެއެވެ.
އޭގެ ިއތުރުން ވެސް ތިމާވެށި ހިމާޔަތްކުރުމަށް ބާރުއަޅާ އަދި ދިގު މުއްދަތަކަށް މުޖުތަމައަށް މަންފާ ކުރާނެ މަސައްކަތްތައް ހިމެނެއެވެ. އެންވައިރަމަންޓް މިނިސްޓްރީން "ވިލުންވެށި ގްރާންޓް ޕްރޮގްރާމް" ރަސްމީކޮށް އިފްތިތާހުކުރީ މި އަހަރުގެ ޖޫން 23 ގައެވެ.
ފާތިމަތު ލިއުޝާ
މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވައިރަންމަންޓް އެންޑް އެނާޖީ
މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވައިރަންމަންޓް އެންޑް އެނާޖީ
މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވައިރަންމަންޓް އެންޑް އެނާޖީ
މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވައިރަންމަންޓް އެންޑް އެނާޖީ
ކޮމެންޓް