މިފްކޯ މަސްފިހާރަތަކުގެ ވިޔަފާރި ފުޅާކުރުމަށް ހުކުރު ދުވަހު ވެސް ފިހާރަތައް ހުޅުވާ ގޮތަށް ނިންމައިފިއެވެ.
މިފްކޯއިން ބުނީ އެކުންފުނީގެ މަސްފިހާރައިގެ ވިޔަފާރި ފުޅާކޮށް، ކަސްޓަމަރުންނަށް ދޭ ހިދުމަތްތައް އިތުރަށް ހަރުދަނާކުރުމުގެ ގޮތުން، މިއަދުން ފެށިގެން އެ ކުންފުނީގެ ރީޓެއިލް ފިހާރަތައް ހުކުރު ދުވަހު ވެސް ހުޅުވާ ގޮތަށް ނިންމައި، ވިޔަފާރި ކުރާ ގަޑިތަކަށް ބޮޑު ބަދަލެއް ގެނައުމަށް ނިންމާފައިވާ ކަމަށެވެ.
އެ ބަދަލާއެކު ހުކުރު ދުވަސްތަކުގެ 8:30 އިން 10:30 އަށް އަދި ރޭގަނޑު 8:00 އިން 11:00 އަށް ފިހާރަތައް ހުޅުވާފައި ހުންނާނެއެވެ. ހަފުތާގެ އެހެން ދުވަސްތަކުގައި ނަމާދު ގަޑިތައް ފިޔަވައި، ހެނދުނު 8:30 އިން ރޭގަނޑު 11:00 އަށް ހުޅުވާގޮތަށް ހަމަޖައްސާފައިވާ ކަމަށް އެކުންފުނިން ބުންޏެވެ.
އެގޮތުން މާލެ އާއި ހުޅުމާލޭގައި ގާއިމުކޮށްފައިވާ މިފްކޯގެ މަސްފިހާރަތަކާއި އައްޑޫ މަސްފިހާރައިން ވެސް އެބަދަލާ އެއްގޮތަށް ހިދުމަތް ދެމުންދާނެއެވެ.
އެ ނިންމުން ނިންމާފައިވަނީ ހުކުރު ދުވަހަކީ އާއިލީ ބައްދަލުވުންތަކާއި މެންދުރުގެ ހާއްސަ ކެއުންތަކަށް ދިވެހިން ބޮޑު އިސްކަމެއް ދޭ ދުވަހަކަށް ވެފައި، އެ ވަގުތުތަކަށް ބޭނުންވާ ތާޒާ މަހުގެ ބާވަތްތައް ފަސޭހަކަމާ އެކު އާންމުންނަށް ފޯރުކޮށްދިނުމުގެ މަގުސަދުގައެވެ. އެގޮތުން ކޮންމެ ހުކުރު ދުވަހަކަށް ހާއްސަކޮށްގެން ތަފާތު ބާވަތްތަކުގެ އުފެއްދުންތައް ބާޒާރަށް ނެރުމަށް ވެސް ވަނީ ރޭވިފައިވާ ކަމަށް ވެސް މިފްކޯއިން ބުނެއެވެ.
އެ ބަދަލުގެ ސަބަބުން ރަސްމީ ދުވަސްތަކުގައި ވަޒީފާގައި އުޅޭ މީހުންނަށް، ހަފުތާ ބަންދުގައި ގެއަށް ބޭނުންވާ މަހާއި މިފްކޯގެ އެހެނިހެން އުފެއްދުންތައް ގަތުމަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށެވެ.
މި ބަދަލު ގެނެސްފައި ވަނީ މާލެ ސަރަހައްދަށް ބޭނުންވާ މަހުގެ އުފެއްދުންތައް މެދުނުކެނޑި ފޯރުކޮށްދިނުމަށްޓަކައި، ކަނޑުއޮތްގިރީގެ އޮޕަރޭޝަންތައް އަލުން ފަށައި، ދާދި ފަހުން އެރަށުގައި ހިކިމަސް ފެކްޓަރީއަކާއި އައިސް ޕްލާންޓެއް ހުޅުވައި ހިދުމަތް ދޭން ފެށި ފަހުންނެވެ.
އެ މަޝްރޫއުތަކާއެކު މިފްކޯގެ އުފެއްދުންތެރިކަން އިތުރުވެ، ކަސްޓަމަރުންގެ ޑިމާންޑާ އެއްވަރަށް ހިދުމަތް ދިނުމުގެ ގާބިލުކަން މިހާރު ވަނީ އިތުރުވެފައި ކަމަށް މިފްކޯއިން ބުންޏެވެ.
ފާތިމަތު ލިއުޝާ
މިފްކޯ
އިރާނު-އިޒްރޭލު ހަނގުރާމަ
އިރާން
އިޒުރެއިލު
ކޮމެންޓް