މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ބަސްތައް ޕާކުރާނެ ބިމެއް އެ ކުންފުންޏަށް ދީފައިވާކަމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ން ބުނެފިއެވެ.
ހުޅުމާލެއިން ބަސްތައް ޕާކުރަން އެމްޓީސީސީއަށް ބިން ހަވާލުކުރުމުގެ އެއްބަސްވުމުގައި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ސުހެއިލް އަހުމަދުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޗީފް އޮޕަރޭޓިން އޮފިސަރު (ސީއޯއޯ) ޝާހިދު ހުސެއިން މޫސާ އެވެ.
އެޗްޑީސީގެ މީޑިއާ އޮފިޝަލު އަލީ މަޝާރު ރޭ "ވަން" އަށް ވިދާޅުވީ އެމްޓީސީސީގެ ބަސްތައް ޕާކުކުރަން ދީފައިވާނީ ބުރިޖުން ހުޅުމާލެ އަންނައިރު ހުންނަ ބަސް ޓާމިނަލް ކަމަށެވެ. މަޝާރު ވިދާޅުވީ، އެތަން ތަރައްގީކުރުމުގެ މަސައްކަތް ވެސް ކުރާނީ އެމްޓީސީސީން ކަމަށެވެ.
އެމްޓީސީސީން މާލެ ހުޅުމާލެ އާއި ދެމެދު ދަތުރުކުރާ ބަސްތައް މިހާރު ޕާކު ކުރަނީ ރިންގް ރޯޑުގައި ބަސް ސްޓޭޝަންގައެވެ.
ޚަބަރު
ޚަބަރު
ޚަބަރު