ޚަބަރު

ހިޔާ ފްލެޓްތަކުގައި އިރުއޮއްސި 6:00 އަށް ފަހު އަޑުގަދަވާ ގޮތަށް މަސައްކަތްކުރުން މަނާކޮށްފި

މުހައްމަދު އިޝާން

ހިޔާ ފުލެޓްތަކުގައި އިރުއޮއްސި 6:00 ގެ ފަހުން އަޑުގަދަވާ ގޮތަށް މަސައްކަތްކުރުން މަނާވާނެ ކަމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފިއެވެ.

އެ ކުންފުނިން މިއަދުކުރި އިއުލާނެއްގައި ބުނީ، ހިޔާ ފުލެޓްތަކުގައި ގިނަ އަދަދެއްގެ ބަޔަކު ދިރިއުޅެމުންދާތީ ފުލެޓުގެ އެތެރޭގެ މަސައްކަތް ކުރުމުގެ ގަޑިތަކަށް ބަދަލު ގެންނަން ނިންމާފައިވާ ކަމަށެވެ.

"މިގޮތުން އިރުއޮއްސި 06:00 އިން ފެށިގެން ހެނދުނު 08:00 އާ ދެމެދު އަޑުގަދަވާ ޒާތުގެ އެއްވެސް މަސައްކަތެއް ކުރުމަކީ މަނާކަމެއް ކަމުގައި ދަންނަން،" އެޗްޑީސީން ބުންޏެވެ.

އެޗްޑީސީން ބުނީ ފުލެޓުގައި ނުނިމި ހުރި މަސައްކަތް ކުރަމުންދާ ފަރާތްތަކުން މަނާ ގަޑިތައް ނޫން ގަޑިތަކުގައި މަސައްކަތް ކުރުމަށް އެދޭ ކަމަށެވެ. އަދި ފްލެޓްގެ މަސައްކަތް ކުރާ އިރު އަވަށްޓެރި ފްލެޓުތަކަށް އުނދަގޫ ނުވާ ގޮތަށް މަސައްކަތް ކުރުމަށް ވެސް އެޗްޑީސީން ވަނީ އިލްތިމާސްކޮށްފައެވެ.