ރާއްޖޭގެ އެންމެ ފުޅާ ދާއިރާއަކަށް މުއާސަލާތީ އަދި ޑިޖިޓަލް ހިދުމަތްތައް ފޯރުކޮށްދޭ ދިރާގުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އާބާދުވަމުންދާ ހިޔާގެ ކަސްޓަމަރުންނަށް ހާއްސަކޮށްގެން ކުރިއަށް ގެންދިޔަ ޕްރޮމޯޝަންގެ ނަސީބުވެރިން މިއަދު އިއުލާންކޮށްފިއެވެ.
މިދިޔަ އޮކްޓޯބަރު 29 އިން ނޮވެމްބަރު 15ގެ ނިޔަލަށް ކުރިއަށް ގެންދިޔަ އެ ޕްރޮމޯޝަންގެ މުއްދަތުގައި ދިރާގު ފައިބާ ބްރޯޑްބޭންޑް އަދި ދިރާގު ޓީވީގެ ހިދުމަތަށް އެދުނު މީހުންގެ ތެރެއިން ގުރުއަތުން ހޮވުނު ނަސީބުވެރި ތިން ފަރާތަކަށް ޖުމުލަ 50،000ރ. ދިރާގުން ވަނީ ދީފައެވެ.
ޕްރޮމޯޝަންގެ ނަސީބުވެރިންނާއި ލިބުނު އިނާމު:
މި ޕްރޮމޯޝަންގެ ދަށުން ދިރާގު ފައިބާ ބްރޯޑްބޭންޑަށް އެދުނު މީހުންނަށް އެ ހިދުމަތް ހިލޭ ގުޅައިދިނުމާ އެކު ރައުޓާ ހިލޭ ދީފައިވެއެވެ. އަދި ދިރާގު ޓީވީގެ ހިދުމަތަށް އެދުނު ކަސްޓަމަރުންނަށްވެސް އެ ހިދުމަތް ހިލޭ ގުޅައިދިނުމާ އެކު ޑީކޯޑަރުވެސް ވަނީ ހިލޭ ދީފައެވެ.
ދިރާގު ފައިބާ ބްރޯޑްބޭންޑްގެ ހިދުމަތަކީ ރާއްޖޭގައި މިހާރު ފޯރުކޮށްދެމުން އަންނަ އެންމެ ބޮޑު ފައިބާ ނެޓްވޯކެވެ. އެގޮތުން މިހާރު ރާއްޖޭގެ ގޭބިސީގެ 84 ޕަސެންޓަށް އެ ހިދުމަތް ދިރާގުން ފޯރުކޮށްދީފައިވާ އިރު، އޭގެ ތެރޭގައި 82 ރަށެއް ހިމެނެއެވެ.
ސަތޭކައަށް ވުރެ ގިނަ ޗެނަލް ހިމެނޭ ދިރާގު ޓީވީއަކީ ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ފޯރުކޮށްދޭ އަދި އެންމެ ފުރަތަމަ އައިޕީޓީވީގެ ހިދުމަތެވެ. ކޮންޓެންޓް، ކޮލިޓީ އަދި އަގުގައި އެއްވެސް ތަފާތު ކުރުމެއްނެތި ދިރާގުން ވަނީ ރާއްޖޭގައި މީހުން ދިރިއުޅޭ 84 ޕަސެންޓް ރަށަކަށް ދިރާގުޓީވީގެ ހިދުމަތް ފޯރުކޮށްދީފައެވެ.