ޚަބަރު

ރާއްޖޭގައި ކުޅުނު ހިންދީ ފިލްމު ސަމުންދަރް ގެ ޕްރޮޑިއުސަރު މަރުވެއްޖެ

ބޮލީވުޑުގެ ކާމިޔާބު ގިނަ ފިލްމުތަކެއް ޕްރޮޑިއުސްކޮށްފައިވާ މަޝްހޫރު، މުޝިރު-ރިއާޒު ޑުއޯ ޕްރޮޑިއުސަރު، އުމުރުން 74އަހަރުގައި، މުމްބާއީގެ ލީލަވަތީ ހޮސްޕިޓަލުގައި މަރުވެއްޖެއެވެ. މި ޕްރޮޑިއުސަރު މަރުވީ، ލީލަވަތީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައި އޮންނަތާ ދުވަސްކޮޅެއް ފަހުންނެވެ. މަރުވިއިރު އަނތްބަކާއި ފިރިހެން ދަރިފުޅަކާއި އަންހެން ދަރިފުޅަކު ތިއްބެވެ.

1970އިން 1980އަށް ބޮލީވުޑުގެ އުދަރެހުގައި، އެތައް ކާމިޔާބު ފިލްމުތަކެއް ޕްރޮޑިއުސްކޮށްފައިވާ މުހައްމަދު ރިއާޒް، އޭނާގެ ޅިޔަނެއްކަމަށްވާ މުޝިރުބާއި އާލަމީ މަރުވުމުގެ ކުރިން، ދެމީހުންވަނީ "މުޝިރު-ރިއާޒު ޕްރޮޑަކްޝަންގެ ނަމުގައި ފިލްމުތަކެއް އުފައްދައިފައެވެ. ވެޓޭރިއަން ޕްރޮޑިއުސަރ ރިއާޒުގެ މަޝްހޫރު، އަދި ކާމިޔާބު ފިލްމުތަކުގެ ތެރޭގައި ސަފަރު(1970)، މެހެބޫބާ(1976)، ބެއިރާގް(1976)، އަޕްނޭ ޕަރާޔޭ(1980)، ރާޖްޕުތު(1982) ފަދަ ފިލްމުތައް ހިމެނެއެވެ. މީގެއިތުރުން، ޒަބަރުދަސްތު(1985)، ސަމަންދަރު(1986)، ކޮމާންޑޯ(1988)، އަކޭލާ(1991)، ވިރާސާތު(1997)ވެސް ބޮލީވުޑުގެ ތާރީހުގައި މިޕްރޮޑިއުސަރުގެ ކާމިޔާބު ފިލްމުތައް ކަމަށް ލިޔެވިފައިވެއެވެ.

ކާންޕޫރަށް އުފަން މުޝިރު އާލަމްއާއެކު، ކަލްކަތާގެ މިޕްރޮޑިއުސަރު ގިނަ ކާމިޔާބީތައް ހާސިލުކޮށްފައިވެއެވެ، އަދި 1970 އިން 1980 އަށް ކާމިޔާބީގެ ތަރި ފިޔަޖެހިއިރު 80 އިން 90ގެ އަހަރުތަކާ ހަމައަށްވެސް މުހައްމަދު ރިއާޒު ވަނީ ޕްރޮޑިއުސަަރުންގެ ސަފުގެ ކުރީގައި ހިމެނިފައެވެ. މުހައްމަދު ރިއާޒުގެ ފިލްމުތަކުގެ ތެރެއިން "ސަމަންދަރު" ކުޅެފައިވަނީ ރާއްޖޭގެ ރީތި ކަނޑުތަކާއި ގޮނޑުދޮށްތަކުގެ މަންޒަރުތައް ހިމަނައިގެންނެވެ. ފިލްމުގައި ސަނީޑީއޯލްއާއި ޕޫނަމް ޑިލޯން ރާއްޖޭގެ ކަނޑުތަކާއި ގޮނޑުދޮށްތަކުގައި ނަގާފައިވާ ހިތްގައިމު މަންޒަރުތައް ހިމެނޭއިރު މިފިލްމު ބޮކްސްއޮފީހުގެ ފްލޮޕަކަށްވިޔަސް ދިވެހިންގެ ތެރޭގައި ގިނަ މީހުން ބެލި ފިލްމަކަށްވެފައި، ފިލްމަށް ގިނަ ބެލުންތެރިންގެ ތަރުހީބު ލިބިފައިވެއެވެ.