ދިރާގުގެ ސީއެސްއާރު ނުވަތަ އިޖުތިމާއީ ޒިންމާ ޕްރޮގްރާމުގެ ދަށުން އަމާން ހިޔާ އާއި އަމާން ވެށި މަރުކަޒުތަކުގެ ކޮމްޕިއުޓަރު ލެބްތަކަށް ދިރާގުގެ ހައި ސްޕީޑު ފައިބާ ބްރޯޑްބޭންޑް އިންޓަނެޓު އަދި ދިރާގު ޓީވީގެ ހިދުމަތް ފޯރުކޮށްދިނުމަށް ނިންމައިފިއެވެ.
ދިރާގުން ބުނީ މިކަން ފެށުމާ ގުޅޭގޮތުން މަޝްވަރާތަކެއް ކުރުމަށް އެކުންފުނިން ޖެންޑާ މިނިސްޓްރީއާއެކު މިދިޔަ ހަފުތާގައި ބައްދަލުވުންތަކެއް ބާއްވާފައިވާ ކަމަށެވެ. މި ބައްދަލުވުމުގައި ދިރާގުގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ އިސްމާއިލް ރަޝީދު ވިދާޅުވީ މިކަމުން ހުރިހާ ކުދިން ޝާމިލުކޮށް ކިޔަވައިދިނުމަށް ބާރުއަޅައިދޭނެ ކަމަށެވެ. އަދި ޓެކްނޮލޮޖީއަށް ކުދިން އަހުލުވެރިވެ، އޮންލައިންކޮށް ލިބެން ހުރި ވަސީލަތްތަކަށް ވާސިލުވެވޭނެ މަގު ތަނަވަސްވާނެ ކަމަށް ވިދާޅުވިއެވެ.
މި ބައްދަލުވުމުގައި ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ ވަނީ ދިރާގުން އެ މުއައްސަސާއަށް އަބަދު ފޯރުކޮށްދެމުން އަންނަ ހިދުމަތްތައް ފާހަގަކުރައްވައި ޝުކުރު އަދާކުރައްވައިފައެވެ.
- ބ. އަމާން ވެށި (ބ. އޭދަފުށި)
- ހއ. އަމާން ވެށި (ހއ. ދިއްދޫ)
- ލ. އަމާން ވެށި (ލ. ފޮނަދޫ)
- ދ. އަމާން ވެށި (ދ. ކުޑަހުވަދޫ)
- ށ. އަމާން ވެށި (ށ. ފުނަދޫ)
- ޏ. އަމާން ވެށި (ފުވައްމުލައް)
- ޅ. އަމާން ވެށި (ޅ. ނައިފަރު)
- ހދ. އަމާން ހިޔާ (ހދ. ކުޅުދުއްފުށި)
- ނ. އަމާން ވެށި (ނ. މަނަދޫ)
- ސ. އަމާން ވެށި (އައްޑޫ ހިތަދޫ)
- މ. އަމާން ވެށި (މ. މުލައް)
ދިރާގުން ބުނީ ދައުލަތުން ބަލަހައްޓާ ކުޑަކުދިންނަށް އެ ކުންފުނީގެ ސީއެސްއާރުގެ ދަށުން އަބަދު ވެސް އެހީތެރިކަން ފޯރުކޮށްދޭ ކަމަށެވެ. އެގޮތުން، ފާއިތުވެދިޔަ އަހަރުތަކުގައި ހުޅުމާލޭގައި ހުންނަ ފިޔަވަތި އަދި ވިލިނގިލީގައި ހުންނަ ކުޑަކުދިންގެ ހިޔާއަށް ފޯރުކޮށްދިން އެހީތެރިކަން އެކުންފުނިން ވަނީ ފާހަގަކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު