ޚަބަރު

ބޫލްބުލައްޔާ 2: ތިއޭޓަރުތަކަށް އައުމާއެކު، މުޅިފިލްމު އެކީ ލީކުވެއްޖެ

އަނީސް ބަޒްމީ ޑައިރެކްޓެކޮށް، ކާރްތިކް އާރްޔާން، ކިއާރާ އަދްވާނީ އާއި ތާބޫ އެކްޓްކޮށްފައިވާ ފިލްމު، ބޫލް ބުލައްޔާ2 އަކީ މިއަހަރުތެރޭގައި، އެފިލްމަކަށް އެންމެ ބޮޑަށް ބެލުންތެރިން އިންތިޒާރު ކުރަމުން ގެންދިޔަ އެއް ފިލްމެވެ. ފިލްމުގެ ޓީޒާ ނެރުނު ފަހުން ބެލުންތެރިން އަންނަނީ ސިނަމާތަކަށް ފިލްމު އަންނާނެ އިރަކަށް އިންތިޒާރު ކުރަމުންނެވެ. އެންމެފަހުން ފިލްމު މިވަނީ ތިއޭޓަރުތަކަށް އައިސްފައެވެ.

ހިންދީ-ބިރުވެރި،މަޖާ މިފިލްމަކީ، 2007ގައި އަކްޝޭކުމާރާއި ވިދްޔާބާލަން އަދި ޝައިނީ އަހޫޖާ، އެކްޓްކޮށްފައިވާ، ސިކުނޑިހަމަނުޖެހޭ މީހަކު އުޅޭ ބިރުވެރި ފިލްމު ބޫލްބުލައްޔާގެ ސީކުއެލްއެކެވެ. ފިލްމު ތިއޭޓަރަށް ނުކުތުމާއެކުހެން، މިވަނީ އިންޓަނެޓުގެ ސައިޓުތަކުން ވަގުކޮޕީތައް ދައްކަން ފަށައިފައެވެ.

އެންމެ ފަހުގެ ބޮލީވުޑްގެ ހަބަރުތައް ބުނާގޮތުގައި ބޫލްބުލައްޔާ2 މިވަނީ ފުޅާދާއިރާއެއްގައި އޮންލައިންކޮށް ލީކްވެފައެވެ. އެގޮތުން، 'ޓެމިލްރޮކްސް'، އާއި 'ޓެލެގްރާމް' އަދި 'މޫވީރުލްޒް'،ގެ އިތުރުން އެހެން ބައެއް ސައިޓްތަކުންވެސް އެޗްޑީ ޕްރިންޓްކޮށް މިފިލްމު ފެންނަން އެބަހުއްޓެވެ. ނުހަނު ނަސީބުދެރަ ގޮތަކަށް، އަމިއްލަ ވެބްސައިޓްތަކުގައި ލީކުވުމަކީ ފިލްމަށް ބޮކްސްއޮފީހުގައި ލިބެން ޖެހޭ ކާމިޔާބު ލިބުމަށް އެޅުނު ވަރަށްބޮޑު ހުރަހެކެވެ.

ކޮންމެޔަކަސް މިއީ މިގޮތަށް އޮންލައިންކޮށް ލީކްވި ފުރަތަމަ ފިލްމެއްވެސް ނޫނެވެ. ދާދިފަހުން ނުކުތް ފިކްމުތަކުގެ ތެރެއިން، ޖާޔޭޝްބާއީ ޖޯރްދާރް، ސަރުކާރު ވާރީ ޕާތާ އަދި ޑޮކްޓަރ ސްޓްރޭންޖް އިންދަ މަލްޓިވާސް އޮފް މޭޑްނެސް ފަދަ ފިލްމުތައްވެސް ވަނީ އިންޓަނެޓްގައި އޮންލައިންކޮށް ލީކުވެފައެވެ. ޕުޝްޕާރާޖް، ގަންގޫބާއީ، ކޭޖީއެފް2 ފަދަ މަޝްހޫރު، ކާމިޔާބު ފިލްމުތަކުގެ ވެސް އޮންލައިން ވަގުވިޔަފާރި ކުރެވިފައިވެއެވެ.

އިންޑިޔާގެ ސަރުކާރުން މީގެކުރިން ވަނީ، މިފަދަ ވެބްސައިޓްތަކަށް ދެވަނަ ފަހަރު މިކަން ނުކުރުމަށް އިންޒާރުދީ، ފިޔަވަޅުވެސް އަޅައިފައެވެ. މިގޮތަށް އިންޒާރުދީ، ފިޔަވަޅު އަޅައި، ވެބްސައިޓުތައް ބްލޮކްކުރުމުން، 'ޓެމިލްރޮކާސް' ފަދަ ސައިޓުތަކުން ވަނީ ދެވަނަ ފަހަރަށް އެހެން ޑޮމެއިނެއްގެ ގޮތުގައި، ތިއޭޓަރުތަކަށް ފިލްމުނުކުތުމާއެކު، އޮންލައިންކޮށް ފިލްމު ލީކްކޮށްފައެވެ.