ނޭޝަނަލް އެޗްއާރު ކޮންވެންޝަން އެންޑް އެކްސްޕޯ 2022 ގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު ހަމަޖައްސައިފިއެވެ.
މިއަދުން ފެށިގެން ދެ ދުވަހުގެ މުއްދަތަކަށް ގައުމީ ޔުނިވަސިޓީގެ އޮޑިޓޯރިއަމްގައި ކުރިއަށްގެންދާ ނޭޝަނަލް އެޗްއާރު ކޮންވެންޝަން އެންޑް އެކްސްޕޯއަކީ އެންމެ މަތީ ފަންތީގެ އެޗްއާރު ޕްރޮފެޝަނަލުންގެ އެންމެ ބޮޑު އިވެންޓެވެ.
އެ އެކްސްޕޯގައި އެޗްއާރު ޕްރޮފެޝަނަލުންނާއި ސްޕީކަރުން އަދި ތަޖުރިބާކާރުން އެ ދާއިރާގެ އެންމެ ފަހުގެ ޓްރެންޑުތަކާއި އެންމެ ރަނގަޅު އުސޫލުތަކާއި ބެންޗްމާކިން ހިޔާލުތަކާ ބެހޭގޮތުން މަޝްވަރާކުރުމަށް ހަމަޖެހިފައިވެއެވެ. އެ އެކްސްޕޯގެ މިއަހަރުގެ ތީމަކީ "ޓްރާންސްފޮމަޝަން އެންޑް ކަލްޗާ-ފިއުޗާ އޮފް ހިއުމަން ކެޕިޓަލް" އެވެ.
ނޭޝަނަލް އެޗްއާރު ކޮންވެންޝަން އެންޑް އެކްސްޕޯގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު ހަމަޖެއްސުމަށް މިދިޔަ ބުރާސްފަތި ދުވަހު އެއްބަސްވުމުގައި ސޮއިކުރުމަށްފަހު މޯލްޑިވްސް އެސޯސިއޭޝަން އޮފް ހިއުމަން ރިސޯސަސް ޕްރޮފެޝަނަލްސް (އެމްއޭއެޗްއާރުޕީ)ގެ ރައީސް ހުސައިން އަފީފް ވިދާޅުވީ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު ހަމަޖެހިގެން ދިއުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.
"ދިރާގަކީ އަބަދުވެސް އެއްބާރުލުންދޭ ފަރާތެއް. އެމްއޭއެޗްއާރުޕީން ހިންގާ އެކިއެކި އިސްނެގުމުގައި ބައިވެރިވުމާއި ޑިޖިޓަލް ޕާޓްނަރެއްގެ ގޮތުގައި ދިރާގުގެ ތާއީދު އޮތުމަކީ އެހީތެރިވެދޭނެ ކަމެއް. ދިރާގުގެ އެހީތެރިކަމާއެކު އިވެންޓުގެ ބައިވެރިން ޑިޖިޓަލްކޮށް ގުޅި, ހުރިހާ އެންމެންނަށް ވެސް ހުނަރުތައް ދަސްކުރުމަށް މަގުފަހިވެގެންދާނެ," އަފީފް ވިދާޅުވިއެވެ.
ދިރާގުގެ ސީނިއާ މެނޭޖަރު ބްރޭންޑް އެންޑް މާކެޓިން ކޮމިއުނިކޭޝަންސް މުހައްމަދު މިރުޝާން ހަސަން ވިދާޅުވީ އެމްއޭއެޗްއާރުޕީއާއެކު އެ އެސޯސިއޭޝަންގެ މިޝަނާއި އެޗްއާރު ދާއިރާ ކުރިއެރުވުމަށް ޕްރޮމޯޓްކުރަން ފުރުސަތު ލިބުމުން އުފާކުރާ ކަމަށެވެ.
އެކްސްޕޯގައި ބައިވެރިވާ ބައިނަލްއަގުވާމީ އަދި ލޯކަލް ތަޖުރިބާކާރުން ވެސް އޯގަނައިޒޭޝަނަލް ޓްރާންސްފޯމަޝަން، ލީޑާޝިޕް އެންޑް އެކްސެލެންސް، ވެލްނެސް އެންޑް ވެލްބީން އެޓް ވޯކްޕްލޭސް، ލާނިން ކަލްޗާ، ލީޑާޝިޕް އަދި އެޗްއާރު ސްކިލްސް ފަދަ މައުޟޫއުތަކަށް އަލިއަޅުވާލާނެއެވެ.
ސްޕީކަރުންގެ ފަރާތުން އުނގެނުމުގެ ފުރުސަތުތަކުގެ އިތުރުން މި ކޮންވެންޝަންގައި އެޗްއާރު ސޮލިއުޝަން ޕްރޮވައިޑަރުންގެ އެކި ފަރާތްތަކާއި އެފަރާތްތަކުގެ ހިދުމަތްތައް ވެސް ކޮންވެންޝަންގެ ތެރޭގައި ޕެރެލަލް ސެޝަންގެ ގޮތުގައި ދައްކައިލުމަށް ވެސް ހަމަޖެހިފައިވެއެވެ.
މުޅި އެކްސްޕޯގައި ޑިޖިޓަލް އެހީތެރިކަމާއި ގުޅުން ފޯރުކޮށްދިނުމާއި މުޅި ގައުމުގައި އިންސާނީ ވަސީލަތްތައް ތަރައްގީކުރުމަށް އެމްއޭއެޗްއާރުޕީއަށް ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށް ދިރާގުން ބުނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު