ސްރީލަންކާގެ ސްކޫލުތައް ބަންދުކޮށް، ޒަރޫރީ ހިދުމަތްތައް ދޭ މުވައްޒަފުން ފިޔަވައި އެހެން މުވައްޒަފުން ގޭގައި ތިބުމަށް އަންގައިފިއެވެ.
ލަންކާގެ ސަރުކާރުން މިގޮތަށް އަންގާފައި މިވަނީ، އެގައުމުގައި ތެލުގެ ދަތިކަމާ ގުޅިގެންނެވެ.
ލަންކާގެ ޕްބަލިކް އެޑްމިނިސްޓްރޭޝަން މިނިސްޓްރީން މިއަދު ވަނީ، ސުކޫލުތައް ބަންދުކޮށް ޒަރޫރީ ހިދުމަތްތައް ދޭ މުވައްޒަފުން ފިޔަވައި އެހެން މުވައްޒަފުން ގޭގައި ތިބުމަށް އަންގައިފައެވެ.
ލަންކާ ތެލަށް ޖެހި، އެތައް ހާސް ބަޔަކު ވަނީ ތެޔޮ ހޯދުމަށް ސްޓޭޝަންތައް ކައިރީގައި ކިޔޫ ހަދައިފައެވެ.
ލަންކާއިން ކައްކާގޭސް ހުސްވާން ކައިރިވެފައިވާއިރު، އެގައުމުން ތެޔޮވެސް ހުސްވުމުގެ ބިރު ވަނީ ހީވެފައެވެ. ލަންކާގައި އެކަށީގެންވާ ވަރަށް ފައިސާ ނެތުމުގެ ސަބަބުން އެ ގައުމަށް ވަނީ ތެލާއި ގޭސް އިމްޕޯޓްކުރަންވެސް ދަތިވެފައެވެ.
ލަންކާގެ ދަރަނި 51 ބިލިއަން އެމެރިކާ ޑޮލަރަށް އަރާއިރު، އެގައުމުގެ ޔޫސެބަލް ރިޒާވްގައި ހުރީ 25 މިިލިއަން އެމެރިކާ ޑޮލަރެވެ.
ސްރީ ލަންކާގެ އިގްތިސާދަށް ކުރިމަތިވެފައިވާ ގެއްލުންތައް ފޫބެއްދުމަށް އެހީތެރިވުމުގެ ގޮތުން، ވޯލްޑް ބޭންކުން އެ ގައުމަށް ދިން 160 މިލިއަން ޑޮލަރު ވަނީ ދީފައެވެ. އަދި