ޚަބަރު

ކަންގްނާގެ "ދާކަދް"އަށް ސުންއޯޑިއަންސެއް އޮތުމުން، ތިއޭޓާރުތަކުން ފިލްމު ނަގަން ފަށައިފި

ކަންގަނާ ރަނައުޓްގެ އެންމެ ފަހުން ރިލީޒް ކުރި ފިލްމު "ދާކަދް" އެންމެ ފަހުން ތިއޭޓަރުތަކުން ނަގަން މަޖަބޫރުވެއްޖެއެވެ.

މި މަހުގެ 20 ވަނަ ދުވަހު ރިލީޒް ކުރި ދާކަދްގެ ޓްރެއިލާގައި ބެލުންތެރިންނަށް ދައްކައިދީފައިވާ ޔަގީންކަމެއްގެ ސަބަބުން، އެތައްބަޔަކު ދިޔައީ ކެތްތެރިކަމެއްނެތި މިފިލްމަށް އިންތިޒާރުކުރަމުންނެވެ. ޓްރެއިލާގައި މުޅިން އާ، މުޅީން ތަފާތު އެއްޗެއް މިފަހަރު ގެނެސްދޭނެކަމުގެ ޔަގީން އަހުދު ކަށަވަރު ބަހެއް ދީފައިވެއެވެ. އެހެންނަމަވެސް ފިލްމު ރިލީޒް ކުރެވުމާއެކު ބެލުންތެރިންގެ އުއްމީދުތައް ފެނަށްވީއެވެ.

ދާކަދު ތިއޭޓަރުތަކަށް އައުމާއެކު، ފުރަތަމަ ދުވަހު 50 ލައްކަ ރުޕީސް ލިބުނެވެ. އެހެންނަމަވެސް ޑައިރެކްޓަރުން ތިއޭޓަރުން ފިލްމު ނެގުމާ ބެހޭގޮތުން ވާހަކަ ދައްކައި ހިޔާލު ބަދަލުކޮށް، ސަބަބު ހާމަކޮށްދެމުން ދިޔައީ އެންމެ ފަހު ސިކުންތުގައިވެސް ފިލްމު ތިއޭޓަރުތަކުން ނުނަގައިވޭތޯއެވެ. އެހެންނަމަވެސް އެންމެ ފަހުން ފިލްމު ތިއޭޓަރުތަކުން ނަގަން ޖެހުނީއެވެ.

ހޮނިހިރުދުވަހު ފިލްމު ތިއޭޓަރުތަކުގެ ސްކްރީނުން ނަގާފައިވަނީ ފިލްމު ބަލަން ޓިކެޓް ގަނެފައިވަނީ ތިއޭޓަރު ތަކުގެ ދިހައެއް ނުވަތަ ފަނަރަ ޕަސެންޓަށްވުރެ މަދުން ކަމަށްވާތީއެވެ. އަދި 10-15 މިދެމެދުގެ އޯޑިއަންސަކަށް މުޅި ތިއޭޓަރު ހުސްކޮށްގެން ތިބުމަކީ ލިބޭނެ ބޮޑު ގެއްލުމަކަށްވާނެތީއެވެ. އެންމެ ފުރަތަމަ ފިލްމު ތިއޭޓަރުތަކަށް ނުކުތްދުވަހު 50 ލައްކަ ރުޕީސް ހޯދައިފައިވީނަމަވެސް މުޅި އިންޑަސްޓްރީވެސް ހައިރާންވެ، ހުއްޓުން އެރީ، އޭގެ ފަހުން މިފިލްމާމެދު އެއްވެސް ޝައުގެއް ފާހަގަކޮށްފައިނުވުމާއި އިނގިލިތަކުން ބިންދައި ގުނާލެވޭ ވަރަށް މީހުންވެސް އޯޑިއަންސްގަ ނެތުމާއި ބައެއް ތިއޭޓަރު ތަކުން އެއްގޮތަކަށް ވެސް އޯޑިއަންސެއް ނެތިގެން ފިލްމު ކެންސަލް ކުރަން ޖެހުމުންނެވެ. އެއްއަތުން ދާކަދް ތިއޭޓަރުން ނެގުމާއެކު އަނެއްއަތުން "ބޫލްބުލައްޔާ2" އޮތީ ތައްޔާރަށެވެ.