ޚަބަރު

އަގުބޮޑު އިނާމުތަކަކާއެކު އެސްޓީއޯގެ "ކްރޫގާ ޗެލެންޖު 2022" ޕްރޮމޯޝަން ފަށައިފި

މުހައްމަދު ޖަމްޝަތް ވަހީދު

އަގުބޮޑު އިނާމުތަކާއެކު އެސްޓީއޯ ޕީޕަލްސް ޗޮއިސް އަދި ރީޖަނަލް ފިހާރަތަކުގައި "ކްރޫގާ ޗެލެންޖު 2022" ފަށައިފިއެވެ.

އެސްޓީއޯއިން މައުލޫމާތު ދޭ ގޮތުގައި ކްރޫގާ ޗެލެންޖު 2022 ގެ ސޯޝަލް މީޑިއާ މުބާރާތުގައި ބައިވެރިވުމަށް ކްރޫގާގެ ޕްރޮޑަކްޓެއް ބޭނުންކޮށްގެން ކާއެއްޗެއް ތައްޔާރުކުރުމަށްފަހު މުބާރާތުގެ ހޭޝްޓެގް #STOKrugerChallenge2022 ބޭނުންކުރަން ޖެހެއެވެ. ސޯޝަލް މީޑިއާ މުބާރާތުގެ ތެރެއިން ކޮންމެ ހަފުތާއަކުވެސް ނަސީބުވެރި އެއްފަރާތް ހޮވައި އެންމެ ގިނަ ލައިކްސް/ރިއެކްޝަންސް ލިބިފައިވާ ޕޯސްޓުގެ ވެރި ފަރާތަށް ވަރަށް އަގުހުރި އިނާމެއް ދިނުމަށް ހަމަޖެހިފައިވާ ކަމަށް އެސްޓީއޯ އިން ބުނެއެވެ.

މި ޕްރޮމޯޝަން ކުރިއަށްދާނީ މިއަދުން ފެށިގެން އަންނަ ޖުލައި މަހުގެ 31 ގެ ނިޔަލަށް އެސްޓީއޯ ޕީޕަލްސް ޗޮއިސް އަދި އެސްޓީއޯ ރީޖަނަލް ފިހާރަތަކުގައެވެ.

ކްރޫގާ ބްރޭންޑުގެ ތަކެތި ގަންނަ ފަރާތްތަކަށް ހާއްސަކޮށްގެން އެސްޓީއޯ އިން ކުރިއަށްގެންދާ މި ޕްރޮމޯޝަންގައި، ސޯޝަލް މީޑިއާ މުބާރާތުގެ އިތުރުން އަގުހުރި އިނާމުތަކާއި ހާއްސަ ޑިސްކައުންޓް ލިބޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

އެގޮތުން މި ޕްރޮމޯޝަންގެ ދަށުން ގަންނަ ކޮންމެ ކްރޫގާ އައިޓަމަކަށް ޑިޖިޓަލް ކޫޕަނެއް ލިބޭނެއެވެ. އަދި ޕްރޮމޯޝަން ނިމުމުން އެއްވަނައަށް ހޮވޭ ފަރާތަށް "ބެނެލީ ޕެނެރިއާ" ސައިކަލެއް ލިބޭ އިރު، ދެވަނައަށް ހޮވޭ ފަރާތަކަށް 256ޖީބީގެ "އައިފޯން 13 ޕްރޯ މެކްސް" އެއް ލިބޭނެއެވެ. އަދި ތިންވަނައަށް ހޮވޭ ފަރާތަކަށް ޕިލިޕްސް 55 އިންޗީގެ ޓީވީއެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

އެސްޓީއޯ އިން އިމްޕޯޓުކޮށް ވިއްކަމުން އަންނަ ކްރޫގާ ބުރޭންޑަކީ ޖަރުމަނުގެ މޮޅު ބުރޭންޑެކެވެ. ކްރޫގާ ޕާސްތަނޫސާގެ ޗޮކުލެޓް ސުޕެރްޑް ތެރޭގައި ޗޮކޮލެޓް ޑުވޯ އަދި ޑާކް ޗޮކްލެޓް ވެސް ހުރެއެވެ. ކްރޫގާގެ ޕޮރޮޓެކްޓުތަކަކީ ދިވެހިންގެ މަގޫބުލުކަން ހޯދައިފައިވާ ޕުރޮޓެކްޓެކެވެ.