އާ އަދަބީ ބަސް ހެދުމުގެ މުބާރާތެއް އެސްޓީއޯއިން ފަށައިފިއެވެ.
އެސްޓީއޯއިން ހުޅުވާލި މިމުބާރާތަކީ، ދިވެހި ބަހުގައި ހިމެނޭ އަދަބީ ބަސްތަކުގެ ހަޒާނާ އިތުރަށް މުއްސަނދިކުރުމުގެ ގޮތުން ކުރިޔަށް ގެންދާ މުބާރާތެކެވެ.
މިމުބާރާތުން އެއް ވަނައަށް ހޮވޭ ފަރާތަތަކަށް މެލޭޝިއާ ދެކޮޅު ޓިކެޓާއި 1000 ޑޮލަރުގެ ފައިސާގެ އިނާމެއް އެސްޓީއޯއިން ވަނީ ހުށަހަޅައިފައެވެ.
މިމުބާރާތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން އެސްޓީއޯގެ ޓުވިޓާ ނުވަތަ ފޭސްބުކު ޕޭޖުގައި ދިވެހި އަދަބީ ބަސް ހޭޝްޓެގްގައި ޕޯސްޓް ކުރަންޖެހޭނެ އެވެ. އެއަށްފަހު އެބައިވެރިޔަކު ޕޯސްޓު ކުރާ އަދަބީ ބަހަކާއި އެބަހުގެ މާނަ އަދި އެބަސް ބޭނުން ކުރެވޭ ހާލަތުގެ މިސާލެއް އިންބޮކްސް ކުރަންޖެހޭނެ އެވެ. އަދި ބަސް ހުށަހަޅާ ފަރާތުގެ މައުލޫމާތާއި ގުޅޭނެ ނަންބަރެއްވެސް އިންބޮކްސް ކުރަންޖެހޭނެއެވެ.
އެސްޓީއޯއިން ބުނި ގޮތުގައި މިމުބާރާތަށް ހުށަހަޅާ އަދަބީ ބަހަކީ މީގެކުރިން އެއްވެސް ތަނެއްގައި ޝާއިއުކޮށްފައިވާ އަދަބީ ބަހަކަށް ވެގެން ނުވާނެއެވެ.
މިމުބާރާތް ކުރިއަށްދާނީ އަންނަ ޖޫން މަހުގެ 30ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު