ޚަބަރު

އަލަށް ބީއެމްއެލްގެ ކްރެޑިޓް ކާޑު ހައްދަައިގެން އަގުހުރި އިނާމުތަކެއް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ކްރެޑިޓް ކާޑަށް އަލަށް އެދި ހުށަހަޅާ ކަސްޓަމަރުންނަށް އަމާޒުކޮށްގެން ޕްރޮމޯޝަނެއް ފަށައިފިއެވެ.

ބީއެމްއެލުން ބުނީ، އަންނަ މަހުގެ ނިޔަލަށް ކުރިއަށްގެންދާ އެ ޕްރޮމޯޝަންގެ ދަށުން ކްރެޑިޓް ކާޑުގެ ޖޮއިނިން ފީއާއި ފުރަތަމަ އަހަރުގެ އަހަރީ ފީ ނުނަގާނެ ކަމަށެވެ. އޭގެ އިތުރުން ކްރެޑިޓް ކާޑަށް އެދި ހުށަހަޅާ ހުށަހެޅުމުގެ ތެރެއިން ބޭންކުން އެންމެ ފުރަތަމަ އެޕްރޫވްކުރާ 200 ކާޑަށް ކޭޝްބެކް ދިނުމަށްވެސް ހަމަޖެހިފައިވާ ކަމަށް ބުންޏެވެ. އެގޮތުން ކޮންމެ ކާޑަކަށް ކޭޝްބެކްގެ ގޮތުގައި 2500 ރުފިޔާ ދިނުމަށް ވަނީ ނިންމައިފައެވެ.

ބޭންކުން ބުނީ، އެ ޕްރޮމޯޝަންގެ ދަށުން ކްރެޑިޓް ކާޑަށް އެދި ހުށަހަޅާ ކަސްޓަމަރުންގެ ތެރެއިން ކޮންމެ ހަފުތާއަކު ނެގޭ ގުރުއަތުން ހޮވޭ ފަރާތަކަށް 5،000 ރުފިޔާގެ ގިފްޓް ކާޑެއް ލިބޭނެ ކަމަށެވެ. އޭގެ އިތުރުން އެ ޕްރޮމޯޝަނުގެ މުއްދަތުގައި ބޭންކުން އެންމެ ފުރަތަމަ އެޕްރޫވްކުރާ 2000 ކާޑަށް ބީއެމްއެލް 3000 ރިވޯޑްސް ޕޮއިންޓް ލިބޭނެ ކަމަށް ބުންޏެވެ.

ބީއެމްއެލް ރިވޯޑްސް ޕޮއިންޓް ރިޑީމް ކޮށްގެން ގިނަ އެއާލައިނާއި ހޮޓަލާއި ކާރު ކުއްޔަށް ނެގުމުގެ އިތުރުން އެމޭޒަން، އެޕްސްޓޯ، އައިޓިއުންސް، ގޫގުލް ޕްލޭ، ޕްލޭސްޓޭޝަން ފަދަ މަގުބޫލު ބްރޭންޑުތަކުގެ ގިފްޓް ކާޑު ގަތުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

ޕްރޮމޯޝަނާ ގުޅޭ އިތުރު މައުލޫމާތު ލިބޭނެ ލިންކު: https://www.bankofmaldives.com.mv/apply-and-win