ރާއްޖޭގެ ރީޖަނަލް ހޮސްޕިޓަލުތަކަށް އައިޖީއެމްއެޗުގެ އެކި ޑިޕާޓްމަންޓްތަކުގެ ޑޮކްޓަރުންނާއި އެހެނިހެން މުވައްޒަފުން ޒިޔާރަތްކޮށް، ހިދުމަތްދޭން ހަމަޖައްސައިފިއެވެ.
އައިޖީއެމްއެޗުން ބުނީ، މިމަހުން ފެށިގެން އެއް އަހަރު ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ޕްރޮގްރާމްގައި އެ ހޮސްޕިޓަލުގެ ހަ ޑިޕާޓްމަންޓު ހިމެނޭހެން ހިތުގެ ބަލިތަކަށް ހާއްސަ، ކެންސަރު ބައްޔަށް ހާއްސަ، ރޭޑިއޯލޮޖީ، ކަށީގެ ބަލިތަކަށް ހާއްސަ، އެތެރެހަށީގެ ބަލިތަކަށް ހާއްސަ އަދި ކުޑަކަމުދާ ނިޒާމާއި ބެހޭ ޑިޕާޓްމަންޓްގެ ޑޮކްޓަރުންނާއި އެހެނިހެން މުވައްޒަފުން އަތޮޅުތަކުގައި ހުރި ރީޖަނަލް ހޮސްޕިޓަލުތަކަށް ފޮނުވުމަށް ރޭވިފައިވާ ކަމަށެވެ.
އައިޖީއެމްއެޗުގެ ޑޮކްޓަރުންނާއި އެހެނިހެން މުވައްޒަފުން ޒިޔާރަތްކުރުމަށް ހަމަޖައްސާފައިވަނީ އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް، އަބްދުލް ސަމަދު މެމޯރިއަލް ހޮސްޕިޓަލް، އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް، ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް، އަދި ގަން ރީޖަނަލް ހޮސްޕިޓަލް ހިމެނޭހެން ޖުމްލަ ހަ ރީޖަނަލް ހޮސްޕިޓަލަށެވެ.
- ހިތުގެ ބަލިތަކަށް ހާއްސަ (މެއި، 14 އިން 16 އަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް)
- ކެންސަރުގެ ބަލިތަކަށް ހާއްސަ (މެއި 19 އިން 21 އަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް)
- ރޭޑިއޯލޮޖީ (މެއި 22 އިން 24 އަށް އައްޑޫ އުކުއިޓޯރިއަލް ހޮސްޕިޓަލް)
- ކަށީގެ ބަލިތަކަށް ހާއްސަ (މެއި 23 އިން 25 އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް)
- އެތެރެހަށީގެ ބަލިތަކަށް ހާއްސަ (މެއި 28 އިން 30 އަށް އަބްދުލް ސަމަދު މެމޯރިއަލް ހޮސްޕިޓަލް)
އައިޖީއެމްއެޗުގެ އޮފިޝަލަކު "ވަން"އަށް ވިދާޅުވީ، އަހަރުގެ އެކި މަސްތަކަށް ބަހާލައިގެން ރީޖަނަލް ހޮސްޕިޓަލުތަކަށް އައިޖީއެމްއެޗުގެ ސްޕެޝަލިސްޓް ޑޮކްޓަރުންނާއި މުވައްޒަފުން ފޮނުވައިގެން ހިދުމަތް ދޭނެ ކަމަށެވެ. އަދި މިހާރުވެސް އާއްމު އުސޫލުގެ ތެރެއިން ބައެއް ޑޮކްޓަރުން އަތޮޅު ހޮސްޕިޓަލުތަކާއި ރީޖަނަލް ހޮސްޕިޓަލުތަކުގައި މަސައްކަތް ކުރާ ކަމަށް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު