ހއ. ހޯރަފުށީ މަގުހެދުމުގެ މަޝްރޫއުގެ މަސައްކަތް ކުރިއަށްދާގޮތުގެ އަޕްޑޭޓެއް އެ މަޝްރޫއު ކުރިއަށްގެންދާ އެމްޓީސީސީން ދީފިއެވެ.
އެމްޓީސީސީން މިއަދު ބުނީ ހޯރަފުށީ މަގުހެދުމުގެ މަޝްރޫއުގެ ދަށުން، ކާސްޓިން މަސައްކަތްތަކުގެ 84 ޕަސެންޓް ނިމިފައިވާއިރު އިލެކްޓްރިކަލް ޖަންކްޝަން ފޮށި ވަޅުލުމާއި ހޮޅި ވަޅުލުމުގެ މަސައްކަތުގެ 36 ޕަސެންޓް ނިމިފައިވާ ކަމަށެވެ. އަދި ކާބްސްޓޯން ބެހެއްޓުމުގެ މަސައްކަތްވެސް މިހާރު ކުރެވެމުން އަންނަ ކަމަށް އެމްޓީސީސީން މައުލޫމާތު ދެއެވެ.
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗާ އިން އެމްޓީސީސީއާ ހަވާލުކޮށްފައިވާ މި މަޝްރޫއަކީ 71.90 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
މި މަޝްރޫއުގެ ދަށުން، 5.3 ކިލޯ މީޓަރުގެ 11 މަގެއް ހެދުމާއި، 25،909 އަކަ މީޓަރުގެ ސަރަޙައްދެއްގައި ދުއްވާ ސަރަޙައްދު ޤާއިމުކުރުމާއި، 11،114 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުމާއި، ފެންހިންދާ ނިޒާމެއް ޤާއިމުކުރުމާއި، މަގުބައްތި ހަރުކުރުމާއި މަގުމަތީ ނިޝާން ހަރުކުރުމުގެ މަސައްކަތް ހިމެނެ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު