ޚަބަރު

ބޮޑު ތަފާތަކުން ޗެއާޕާސަން ކަމަށް ފައްޔާޒް

އަލީ ޔާމިން

1

އެމްޑީޕީގެ ޗެއާޕާސަން ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް އިންތިހާބުވެއްޖެއެވެ.

މިނިސްޓަރު ފައްޔާޒު އެމްޑީޕީގެ ޗެއާޕާސަން ކަމަށް އިންތިހާބުވެވަޑައިގަތީ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީއާ ވާދަކުރައްވައި ބޮޑު ތަފާތަކުންނެވެ.

މިއަދު ކުރިއަށްދިޔަ އެ އިންތިހާބުގައި ގިނަ އަތޮޅުތަކާއި ބޮޑެތި ސިޓީތަކުގެ މެޖޯރިޓީވެސް ލިބުނީ ފައްޔާޒަށެވެ.

އެމްޑީޕީ އެތެރޭގެ އިންތިހާބުގައި ބެހެއްޓި 282 ވޯޓު ފޮށީގެ ތެރެއިން ހުރިހާ ފޮއްޓެއްވެސް ގުނައި ނިންމާފައިވާއިރު، ވަގުތީ ނަތީޖާ ދައްކާ ގޮތުން ފައްޔާޒު 28،000 އަށްވުރެ ގިނަ ވޯޓް ލިބިވަޑައިގެންފައިވެއެވެ. އަދި އިންތިއަށް 20،000 އަށްވުރެ ގިނަ ވޯޓް ވަނީ ލިބިފައެވެ.

އިންތިހާބު ކާމިޔާބުކުރެއްވި ފައްޔާޒަކީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ތާއީދު އޮތް ބޭފުޅެކެވެ. އަދި ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީ ތަމްސީލްކުރާ ގިނަ މެންބަރުންނާއި ކެބިނެޓްގެ ގިނަ ވަޒީރުންނާއި ކުންފުނިތަކުގެ ވެރިންގެ ތާއީދުވެސް އޮތީ ފައްޔާޒަށެވެ.

އިންތިއަކީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ މުހައްމަދު މުހައްމަދު ނަޝީދުގެ ތާއީދު އޮތް ބޭފުޅެކެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބަށް ފައްޔާޒާއި އިންތިވެސް ވަނީ ވަރަށް ބޮޑަށް ކެމްޕެއިން ކުރައްވައި ރާއްޖޭގެ ހުރިހާ ރަށަކަށް ޒިޔާރަތް ކުރައްވައިފައެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބު ފައްޔާޒް ކާމިޔާބުކުރެއްވިއިރު، އިންތިގެ ކެމްޕެއިން ވަނީ އެ އިންތިހާބުގެ ސައްހަ ކަމާމެދު ސުވާލު އުފައްދައިފައެވެ. އެގޮތުން އިންތިހާބަށް ސަރުކާރުގެ ނުފޫޒު އޮތް ކަމަށާއި ހަތަރު ވޯޓު ފޮއްޓެއްގެ ނަތީޖާއަށް އަސަރުކުރާނެ ފަދަ ޝަކުވާތަކެއް ލިބިފައިވާ ކަމަށް ބުނެ، އެ ޓީމުން ވަނީ އެ ހަތަރު ވޯޓު ފޮށި ބަންދުކޮށްދިނުމަށްވެސް އެދި، އެ މައްސަލަ އިންތިހާބާ ބެހޭ ކޮމިޓީއަށްވެސް ހުށަހަޅާފައެވެ. ނަމަވެސް އެކަމާމެދު އަދި ވަކި ގޮތެއް ނިންމާފައެއް ނުވެއެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބުގައި 94،000 ވުރެ ގިނަ މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވާއިރު ޖުމްލަ 282 ވޯޓު ފޮށި ބަހައްޓާފައިވެއެވެ.