ޚަބަރު

އެސްޓީއޯގެ ހިއްސާއަކަށް 65 ރުފިޔާ ބަހަން ހުށަހަޅައިފި

އެސްޓީއޯއަށް މިދިޔަ އަހަރު ލިބުނު ފައިދާއިން ހިއްސާއަކަށް 65 ރުފިޔާ ބެހުމަށް އާންމު ޖަލްސާއަށް ހުށަހެޅުމަށް ކުންފުނީގެ ބޯޑުން ފާސްކޮށްފިއެވެ.

އެސްޓީއޯއިން މިއަދު ބުނީ މިދިޔަ އަހަރު ލިބުނު ފައިދާއިން ހިއްސާއަކަށް 65 ރުފިޔާ ބަހަން އަހަރީ އާންމު ޖަލްސާގައި ހުށަހެޅުމަށް މިއަދު ބޭއްވި އެކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ ބައްދަލުވުމުގައި ނިންމާފައިވާ ކަމަށެވެ.

ބޯޑުން ހުށަހެޅި ގޮތަށް ބަހަން ނިންމާނީ އަހަރީ އާއްމު ޖަލްސާގައި ފާސްކޮށްގެންނެވެ. އެ ކުންފުނީގެ އަހަރީ އާއްމު ޖަލްސާ ބާއްވާނެ ތާރީހެއް އަދި އިއުލާނެއް ނުކުރެއެވެ.

ޓެކުހަށް ކެނޑުމަށްފަހު އެސްޓީއޯއަށް މިދިޔަ އަހަރުގެ ސާފު ފައިދާގެ ގޮތުގައި ލިބިފައިވަނީ 478 މިލިއަން ރުފިޔާއެވެ. މިއީ އޭގެ ކުރީ އަހަރާ އަޅާބަލާ އިރު 33 ޕަސެންޓް ކުރިއެރުމެކެވެ.

އެ ކުންފުނިން މިދިޔަ އަހަރު ހިއްސާއަކަށް ބަހާފައި ވަނީ 60 ރުފިޔާއެވެ. އަދި 2020 ވަނަ އަހަރު ހިއްސާއަކަށް ބަހާފައި ވަނީ 58 ރުފިޔާއެވެ.