ފަތުރުވެރިކަމުގެ ސިނާއަތަށް ހާއްސަކޮށްގެން ކޮންމެ އަހަރަކު 12 އެވޯޑެއް ދިނުމަށް ޓޫރިޒަމް މިނިސްޓްރީން ނިންމައިފިއެވެ.

މި އެވޯޑްތަކަށް ޓޫރިސްޓުން ބައިތިއްބާ ޓޫރިސްޓް ރިސޯޓް، ޓޫރިސްޓް ހޮޓެލް، ޓޫރިސްޓް ގެސްޓްހައުސް އަދި ޓޫރިސްޓް އުޅަނދުފަހަރަށް ކުރިމަތިލެވޭނެއެވެ.

  • އެވޯޑް ފޯ ސްޓާފް އެކޮމޮޑޭޝަން
  • އެވޯޑް ފޯ ސްޓާފް މީލްސް
  • އެވޯޑް ފޯ ސްޓާފް ރެކްރިއޭޝަން/އެންޓަޓެއިންމަންޓް
  • އެވޯޑް ފޯ ހެލްތް ކެއާ
  • އެވޯޑް ފޯ ސޭފް ވޯކް އެންވަޔަރަމަންޓް
  • އެވޯޑް ފޯ ޕަރޗޭސް އޮފް ލޯކަލް ފްރޮޑަކްޓްސް
  • އެވޯޑް ފޯ ލޯކަލް ކަލްޗަރަލް ޕާފޯމާ
  • އެވޯޑް ފޯ ލޯކަލް މިއުޒީޝަން
  • އެވޯޑް ފޯ ލޯކަލް ޑީޖޭ
  • އެވޯޑް ފޯ ހަޔަސްޓް ޕެރިޓީ އޮފް ލޯކަލް ސްޓާފް
  • އެވޯޑް ފޯ ހަޔަސްޓް ނަންބަރު އޮފް ފީމެއިލް ސްޓާފް
  • އެވޯޑް ފޯ ޓްރެއިނިން އެންޑް ކެރިއާ ޑިވެލޮޕްމަންޓް

މި އެވޯޑްތަކަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ މަހުގެ އެކަކުން އެމަހުގެ ނިޔަލަށް ވަނީ ހުޅުވައިލައިފައެވެ.

ޓޫރިސްޓް ރިސޯޓް، ޓޫރިސްޓް ހޮޓެލް، ޓޫރިސްޓް ގެސްޓްހައުސް އަދި ޓޫރިސްޓް އުޅަނދުފަހަރު، މިއިން ކޮންމެ ކެޓަގަރީއަކުން ޖުމުލަ މާކްސް އެންމެ މަތިން ހޯދާ އެއްވަނަ، ދެވަނަ އަދި ތިންވަނަ ފަރާތަކަށް އެވޯޑެއް ދޭނެއެވެ.

މިއަހަރަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ރަން ޔޫބީލް ފާހަގަކުރަމުން އަންނަ އަހަރެވެ.