މިއަހަރުގެ ފިތުރު ޒަކާތުގެ ގޮތުގައި ޖުމުލަ ހަތް މިލިއަނަށްވުރެ ގިނަ ރުފިޔާ ލިބިފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

އިސްލާމިކް މިނިސްޓްރީން މިއަދު ބުނީ އޮންލައިންކޮށް އަދި އެ މިނިސްޓްރީގެ ކައުންޓަރުތަކުން މިއަހަރު 7،433،908 ރުފިޔާ ލިބިފައިވާ ކަމަށެވެ. މީގެ ތެރޭގައި އޮންލައިންކޮށް އެހެން ރަށްރަށުން ދައްކާފައިވާ ފައިސާވެސް ހިމެނޭ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

ފަގީރުން ނެތް ރަށްރަށުން ފައިސާގެ ގޮތުގައި 450،373 ރުފިޔާ ލިބިފައިވާ ކަމަށާއި ފަގީރުން ނެތް ރަށްތަކުގެ ގޮތުގައި ޖުމުލަ 42 ރަށް ހިމެނޭ ކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފައެވެ.

  • ހއ. މޮޅަދޫ،
  • ހއ. މުރައިދޫ،
  • ހއ. ތަކަންދޫ،
  • ހދ. ހިރިމަރަދޫ،
  • ށ. ބިލެތްފަހި،
  • ށ. ފީވަށް،
  • ށ. ކޮމަންޑޫ،
  • ށ. ނޫމަރާ،
  • ށ. ނަރުދޫ،
  • ށ. މަރޮށި،
  • ނ. މާޅެންދޫ،
  • ނ. މަގޫދޫ،
  • ނ. ފޮއްދޫ،
  • ރ. އަނގޮޅިތީމު،
  • ރ. ކިނޮޅަސް،
  • ބ. ފުޅަދޫ،
  • ބ. ގޮއިދޫ،
  • ބ. ކިހާދޫ،
  • ބ. ކެންދޫ،
  • ކ. ހުރާ،
  • އދ. ދިއްދޫ،
  • އދ. މަންދޫ،
  • އދ. ފެންފުށި،
  • އދ. މަހިބަދޫ،
  • ވ. ފެލިދޫ،
  • ވ. ރަކީދޫ،
  • ވ. ތިނަދޫ،
  • ވ. ފުލިދޫ،
  • މ. ދިއްގަރު،
  • މ. ނާލާފުށި،
  • މ. ރަތްމަންދޫ،
  • މ. ވޭވަށް،
  • މ. މަޑުއްވަރި،
  • ފ. ދަރަނބޫދޫ.
  • ފ. މަގޫދޫ،
  • ފ. ނިލަންދޫ،
  • ތ. ކަނޑޫދޫ،
  • ތ. ވަންދޫ،
  • ތ. ގުރައިދޫ،
  • ލ. ދަނބިދޫ،
  • ދ. ހުޅުދެލި،
  • ދ. ރިނބިދޫ

ފަގީރުން ނެތް ރަށްރަށުން ލިބުނު ފައިސާއާއި މާލެއިން ލިބުނު އަދަދަށް ބަލާއިރު ޒަކާތުގެ ގޮތުގައި މުޅި ޖުމުލަ 7،884،281 ރުފިޔާ ލިބިފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފައެވެ.

ގޮވާމުގެ ބާވަތްތަކުން މުޅި ޖުމުލަ ލިބިފައިވަނީ 11399.45 ކިލޯއެވެ. އަދި ސަދަގާތުގެ ގޮތުގައި ގޮވާމުގެ ބާވަތްތަކުން ލިބިފައިވަނީ 10092 ކިލޯއެވެ.