މިހާރު ރާއްޖޭގައި ކުރިއަށްދާ ސައުތު އޭޝިއަން ޖޫނިއާ އެންޑް ކެޑޭޓް ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕު 2022ގެ ޖޫނިއާ ބައިގެ ސިންގަލްސް ކުއާޓާ ފައިނަލުން އައިޝަތު ރަފާ ނާޒިމް ޖާގަ ހޯދިއިރު، ކެޑޭޓް ބައިގެ ސިންގަލްސް ކުއާޓާ ފައިނަލުން މިޝްކާ މުހައްމަދު އިބްރާހިމްވެސް ޖާގަ ހޯދައިފިއެވެ.
ރަފާއާއި މިޝްކާ ސިންގަލްސް ކުއާޓާ ފައިނަލުން ޖާގަ ހޯދިއިރު، އިއްޔެ ވަނީ ފާތިމަތު ދީމާ އަލީ ވަނީ ޖޫނިއާ އަދި ކެޑޭޓް ބައިގެ ކުއާޓާާ ފައިނަލުން ޖާގަ ހޯދައިފައެވެ.
ކުއާޓާ ފައިނަލްގައި މިޝްކާ ނުކުންނާނީ އިންޑިއާގެ ސަންދިކާއާ ދެކޮޅަށެވެ. ކެޑޭޓް ބައިގައި ދީމާ ނުކުންނާނީ ނޭޕާލްގެ އިވާނާ ތާޕާއާ ދެކޮޅަށެވެ. ޖޫނިއާ ބައިގައި ދީމާ ކުޅޭނީ ނޭޕާލްގެ ސުބަޝްރީއާ ދެކޮޅަށެވެ. އަދި ރަފާ ބައްދަލުކުރާނީ އިންޑިއާގެ ސުހާނާ ސައިނީއާއެވެ.
ގްރޫޕް ސްޓޭޖުގައި ރަފާ ކުޅުނު ފުރަތަމަ މެޗުން މޮޅުވީ ޕާކިސްތާނުގެ ހޫރު ހަސަން އާ ވާދަކޮށް 3-2 ސެޓުން ކާމިޔާބުކޮށްފައެވެ. ގްރޫޕްގެ ފަހު މެޗުގައި ރަފާ ބަލިވީ ސްރީ ލަންކާގެ ބިމަންދަނީއާ ދެކޮޅަށް ކުޅެ ސީދާ ތިން ސެޓުންނެވެ.
މިޝްކާ ގްރޫޕް ސްޓޭޖުގައި ކުޅުނު ފުރަތަމަ މެޗުން ސްރީލަންކާގެ ލެސަންޔާ އަތުން 3-1 ސެޓުން ބަލިވި ނަމަވެސް ފަހު މެޗުގައި މިޝްކާ ވަނީ ޕާކިސްތާނުގެ ފަރްޔަލް ބިސްމާ ސީދާ ތިން ސެޓުން ބަލިކޮށްފައެވެ.
އަންހެން ސިންގަލްސް ކުއާޓާ ފައިނަލް މެޗުތައް މިއަދު އޮންނާނެއެވެ. އަދި ސެމީ ފައިނަލް މެޗުތަކާއި ފައިނަލް މެޗުތައް މިއަދު މެންދުރު ފަހު ކުޅޭނެއެވެ.
ޓޭބަލް ޓެނިސް
ޓޭބަލް ޓެނިސް
ޓޭބަލް ޓެނިސް