އައިޖީއެމްއެޗާއި ދަރުމަވަންތަ ހޮސްޕިޓަލުން ސީޓީ ސްކޭންގެ ހިދުމަތް މެދުކަނޑާލައިފިއެވެ.
އައިޖީއެމްއެޗުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އެ ހޮސްޕިޓަލާއި ދަރުމަވަންތަ ހޮސްޕިޓަލުގައި މިވަގުތު ބޭނުންކުރެވުމުންދާ ސީޓީ މެޝިންތަކަށް ދިމާވި މައްސަލައަކާ ގުޅިގެން ވަގުތީ މެއިންޓަނެންސްގެ މަސައްކަތް ކުރިއަށްދާތީ ސީޓީ ސްކޭންގެ ހިދުމަތް ވަގުތީގޮތުން މެދުކަނޑާލާފައިވާ ކަމަށެވެ.
އެމަޖެންސީކޮށް ކުރަން ޖެހޭ ސީޓީ ސްކޭންތައް ހުޅުމާލެ ހޮސްޕިޓަލުން ކުރަމުން ގެންދާނެ ކަމަށް ވެސް އައިޖީއެމްއެޗުގެ ބަޔާނުގައި ބުންޏެވެ.
އައިޖީއެމްއެޗުން ބުނީ، ސީޓީ ސްކޭން މެޝިންތަކުގެ މެއިންޓަނެންސްގެ މަސައްކަތް ނިމި އެ ހިދުމަތް ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ފެށޭނެ ކަމަށެވެ.
އެ ހޮސްޕިޓަލުން ވަނީ ސީޓީ ސްކޭންގެ ހިދުމަތް ހޯދާ މީހުންނަށް ދިމާވެދާނެ ދަތިތަކަށް މައާފަށް އެދިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު