"ސައުތު އޭޝިއަން ޖޫނިއަރ އެންޑް ކެޑޭޓް ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕް 2022" ގައި ބައިވެރިވާ ދިވެހި ޓީޓީ ޓީމުގެ ރަސްމީ ލަވަ އިފްތިތާހު ކޮށްފިއެވެ.
މި މަހުގެ 9 އިން 11 އަށް މާލޭގައި ކުރިއަށްގެންދާ ބައިނަލްއަގުވާމީ ޓީޓީ މުބާރާތް، ސައުތު އޭޝިއަން ޖޫނިއާ އެންޑް ކެޑޭޓް ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕްގައި ވާދަކުރާ ދިވެހި ގައުމީ ޓީޓީ ޓީމުގެ ރަސްމީ ލަވަ އިފްތިތާހު ކޮށްދެއްވީ އެކަމަށްޓަކައި ސޯޝަލް ސެންޓަރުގައި މިރޭ ބޭއްވި ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހުމަދެވެ.
ސައުތު އޭޝިއަން ޖޫނިއާ އެންޑް ކެޑޭޓް ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕަކީ މީގެ ކުރިންވެސް ރާއްޖޭގައި ބޭއްވި މުބާރާތެކެވެ. ރާއްޖޭގެ ޒުވާން ޓީޓީ ކުޅުންތެރިން މެޑަލް ހޯދައިފައިވެސް ވާ މުބާރާތެކެވެ. މުބާރާތުގައި މިހާތަނަށް ރާއްޖެއަށް ލިބުނު އެންމެ ބޮޑު ކާމިޔާބަކީ މުބާރާތުގެ ކެޑޭޓް ކެޓަގަރީން ރާއްޖޭގެ ފާތިމަތު ދީމާ އަލީ ރަން މެޑަލް ހޯދުމާއި، ޖޫނިއާ ބައިން އަންހެން ޓީމު ރިހި މެޑަލް ހޯދުމެވެ.
މިފަހަރު ރާއްޖޭގައި ބާއްވަން ތައްޔާރުވާ މުބާރާތަކީ މީގެ ކުރިން 2019 ވަނަ އަހަރު ބާއްވަން އޮތް މުބާރާތަކަށްވީ އިރު، މުބާރާތް ފަސްކުރީ ކޮވިޑް 19 އާ ގުޅިގެންނެވެ. އެ މުބާރާތް އަލުން ރާއްޖޭގައި ބާއްވަން ނިންމީ މިނިސްޓަރު އަހުމަދު މަހުލޫފުގެ އިސް ނެންގެވުމާއެކު ޓީޓީ އެސޯސިއޭޝަނުން މަސައްކަތްތަކެއް ކޮށްގެންނެވެ.
ހޯމަ ދުވަހު ފަށާ މި މުބާރާތުގައި ހަ ގައުމެއްގެ ޖޫނިއާ 85 ކުޅުންތެރިޔަކު ވާދަކުރާނެއެވެ. މުބާރާތުގައި އެތުލީޓުން ބައިވެރިވާ ގައުމުތަކުގެ ތެރޭގައި ރާއްޖޭގެ އިތުރުން ސްރީލަންކާ، ބޫޓާން، ނޭޕާލް، ބަންގުލަދޭޝް، އިންޑިއާ އަދި ޕާކިސްތާން ހިމެނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު