ސްރީލަންކާގައި ދިވެއްސަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.

ފިތުރު އީދު ނަމާދަށް ދިޔަ ފަހުން ހަބަރެއް ނުވެގެން ގެއްލިގެން ހޯދަމުން ދަނީ އުމުރުން 62 އަހަރުގެ އިބްރާހީމް އަލީ ނަމަކަށް ކިޔާ މީހެކެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ޕޯސްޓެއްގައި ބުނެފައިވާ ގޮތުން އިބްރާހިމް އަލީ މިދިޔަ ފިތުރު އީދު ދުވަހު ހެނދުނު ދެހިވަލާ މިސްކިތަށް އީދު ނަމާދަށް ދިޔަ ކަމަށާއި ނަމަވެސް އޭގެ ފަހުން އޭނާގެ ހަބަރެއް ނުވާ ކަމަށެވެ. އަދި އޭނާއަކީ ކިޑްނީ މައްސަލައެއް ހުންނަކަން އެނގި އެ ބައްޔަށް ބޭސް ކުރަމުން ދާ މީހެކެވެ.

ލަންކާގައި ހުންނަ ރާއްޖޭގެ ހައި ކޮމިޝަނުން އަންނަނީ އިބްރާހިމް އަލީ ހޯދުމަށް އޭނާގެ އާއިލާއަށް އެހީތެރިކަން ފޯރުކޮށް ދެމުންނެވެ. ލަންކާ ފުލުހުންނާ ގުޅިގެން އޭނާ ހޯދުމުގެ މަސައްކަތް އާއިލާއިން އަންނަނީ ކުރަމުންނެވެ.