މޯލްޑިވިއަންގެ ފްލައިޓެއް ލ. ކައްދޫ އެއާޕޯޓަށް ޖައްސަން އުޅުމުގެ ތެރޭގައި ރަންވޭ މަތިން ކަހާލައިފިއެވެ.
ރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަން އިން ބުނީ މިރޭ 7:45 ގައި އެ އެއާލައިންގެ ބޯޓެއް ކައްދޫ އެއާޕޯޓަށް ޖެއްސުމުގެ ތެރޭގައި ރަންވޭ މަތިން ކަހާލާފައިވާ ކަމަށެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިނުވާ ކަމަށް މޯލްޑިވިއަނުން ބުންޏެވެ.
މި ހާދިސާ ހިނގުމާއެކު ބޯޓުގައި ތިބި ޕަސިންޖަރުންނާއި ކްރޫއިން ރައްކާތެރިކަމާއެކު ވަގުތުން ބޯޓުން ބާލާފައިވާ ކަމަށްވެސް މޯލްޑިވިއަނުން ބުންޏެވެ.
މޯލްޑިވިއަނުން އަންނަނީ މި ހާދިސާ ތަހުގީގު ކުރަމުންނެވެ.
ފްލައިޓް ކައްދޫ އެއާޕޯޓަށް ޖައްސާފައިވާ ވީޑިއޯއެއް އާންމުވެފައިވާއިރު، ފްލައިޓު ކައިރީގައި ކައްދޫ އެއާޕޯޓުގެ ފަޔާ އެންޑް ރެސްކިއު ސާވިސަސްގެ ވެހިކަލްތައް ހަރަކާތްތެރިވާ މަންޒަރު އެ ވީޑިއޯއިން ފެނެއެވެ.
ކައްދޫ އެއާޕޯޓަކީ އެމްއެންޑީއެފްގެ އިސްކަންދަރު ވައިގެ މަރުކަޒު ގާއިމުކޮށްފައިވާ އެއާޕޯޓެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު