ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ކުރިއަށްގެންދާ "އުފަންވާ ކޮންމެ ކުއްޖަކަށް ހަދިޔާއެއް" ކެމްޕެއިން އަތޮޅުތެރޭގައި ވެސް ފަށައިފިއެވެ.
އެކަމާ ގުޅޭގޮތުން އެސްޓީއޯ އިން ބުނީ "އުފަންވާ ކޮންމެ ކުއްޖަކަށް ހަދިޔާއެއް" ކެމްޕެއިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށެވެ.
އެސްޓީއޯއިން އަތޮޅުތެރޭގައި އެެ ކެޕްމޭން ފަށާފައިވަނީ މިދިޔަ ހޯމަ ދުވަހު ކުޅުދުއްފުށީ ސިޓީންނެވެ. އެ ކެމްޕޭން ފެށުމުގެ ގޮތުން އެސްޓީއޯއިން ވަނީ ކުޅުއްދުފުށީ ރީޖަނަލް ހޮސްޕިޓަލަށް ހަދިޔާ ކޮތަޅުތައް ދީފައެވެ.
އެސްޓީއޯގެ ސީއެސްއާރު އިނީޝިއޭޓިވްގެ ދަށުން "އުފަންވާ ކޮންމެ ކުއްޖަކަށް ހަދިޔާއެއް" ދިނުމުގެ ކެމްޕޭންގެ ތެރެއިން އިއްޔެ ވަނީ އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް އަދި ފުވައްމުލަކު ސިޓީ ހޮސްޕިޓަލަށް ވެސް ހަދިޔާ ކޮތަޅުތައް ހަވާލުކޮށްފައެވެ.
އެސްޓީއޯގެ "އުފަންވާ ކޮންމެ ކުއްޖަކަށް ހަދިޔާއެއް" ކެމްޕޭން މީގެ ކުރިން ކުރިއަށްދިޔައީ ހަމައެކަނި މާލެ ސަރަހައްދުގެ ހޮސްޕިޓަލުތަކުގައެވެ.