ޓީޗަރުންގެ މުސާރަ 50 ޕަސެންޓާ ހަމައަށް މިއަދު ބޮޑުކޮށްފިއެވެ.
ޕްރިންސިޕަލުންނާއި ޓީޗަރުންގެ މުސާރަ މިއަދުން ފެށިގެން ބޮޑު ކުރެއްވިކަން، ރައީސް ސޯލިހު މިއަދު އިއުލާން ކުރެއްވުމާ ގުޅިގެން އެކަމުގެ ތަފުސީލުތައް ހިއްސާކުރެއްވުމަށް ރައީސް އޮފީހުގައި މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ، ރާއްޖޭގެ ސްކޫލްތަކުގައި ޖުމްލަ 6815 ޓީޗަރުން ވަޒީފާ އަދާކުރަމުންދާ ކަމަށެވެ.
އެގޮތުން މުސާރައިގެ އޮނިގަނޑަށް ގެނައި ބަދަލާ އެކު، އެ ޓީޗަރުން ވަނީ ފަސް ރޭންކަކަށް ބަހާލައިފައެވެ. އެއީ ޑިޕްލޮމާ ފެންވަރުގެ ޓީޗަރުންނާއި ޑިގްރީ ފެންވަރުގެ ޓީޗަރުންނާއި މާސްޓާސް ފެންވަރުގެ ޓީޗަރުންނާއި ރޭންކު 4 އަދި ރޭންކު 5ގެ ޓީޗަރުންނެވެ. ނަމަވެސް ރޭންކު 4 އަދި 5ގައި އެއްވެސް ޓީޗަރަކު އަދި ނުހިމެނެ އެވެ.
ޕްރެސް ކޮންފަރެންސްގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވީ ޓީޗަރުންގެ ރޭންކު ހަމަޖެހިފައިވަނީ ތައުލީމު ހާސިލުކޮށްފައިވާ މިންވަރާއި ދާއިރާގައި ހިދުމަތް ކޮށްފައިވާ މިންވަރަށް ބަލައިގެން ކަމަށެވެ. އަދި އެކަމާބެހޭ ތަފުސީލުތައް ގެޒެޓުގައި ހާމަކުރައްވާނެ ކަމަށް ވިދާޅުވިއެވެ.
ނަމަވެސް ރޭންކު ހަތަރަކާއި ފަހެއްގައި ހިމެނެންޖެހޭ ފެންވަރުގެ ޓީޗަރުން އަދި ނެތުމުން އެ ރޭންކުތަކަށް ދަތުރުކުރުުމުގެ ފުރުސަތު މިހާރު ތިއްބެވި ޓީޗަރުންނަށް އެބަ އޮތް ކަމަށް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު